ޑެމްބާ ބާގެ ފައި ބިނދިއްޖެ، ކެރިއަރު ނިންމާލަން ޖެހިދާނެ
ޑެމްބާ ބާގެ ފައި ބިނދިއްޖެ، ކެރިއަރު ނިންމާލަން ޖެހިދާނެ

ޝަންހާއީ، ޗައިނާ (ޖުލައި 18) - ޗައިނާގެ ޝަންހާއީ ޝެންހުއާ އަށް ކުޅެނިކޮށް ޗެލްސީގެ ކުރީގެ ފޯވާޑް ޑެމްބާ ބާގެ ފައި ބިންދައިގެން ގޮސް ކެރިއަރު ނިންމާލަން ޖެހުމުގެ ބިރާ ކުރިމަތިވެއްޖެ އެވެ.

އުމުރުން 31 އަހަރުގެ ފޯވާޑުގެ ވާތު ފައިގެ ދެ ކަށިގަނޑު ބިންދައިގެން ދިޔައީ ބޯޅައިގައި ބޮލުން ޖަހަން އެރުމަށް ފަހު، ބިންމަތީ ފައި ޖެހުނު ވަގުތު އިދިކޮޅު ކުޅުންތެރިޔާ ޖެހި ޓެކްލް ފަޔަށް އަރައިގެންނެވެ.

"އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ނިންމާލަން ޖެހިދާނެ،" ޝެންހުއާގެ ކޯޗު ގްރެޖޯރިއާ މަންޒާނޯ ބުންޏެވެ.

ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް އަދި ޗެލްސީ އަށް ކުޅުނު ސެނެގާލްގެ ފޯވާޑް ޗައިނާ ލީގަށް ބަދަލުވީ މިދިޔަ އަހަރު ތުރުކީގެ ބެސިކްޓަސް އިން 12 މިލިއަން ޕައުންޑަށެވެ.

އަށާރަ މެޗުން 12 ލަނޑު ޖަހާފައިވާ ޑެމްބާ ބާ އަކީ ޗައިނީސް ސުޕަ ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ.