ލަވް ރަންޖަންގެ ފިލްމުގައި އަޖޭ ދޭވްގަންގެ ވަރަށް ތަފާތު ރޯލެއް
ލަވް ރަންޖަންގެ ފިލްމުގައި އަޖޭ ދޭވްގަންގެ ވަރަށް ތަފާތު ރޯލެއް

އަޖޭ ދޭވްގަންއަކީ އޭނާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ގާތްގަނޑަށް ހުރިހާ ވައްތަރެއްގެ ރޯލްތަކެއް ވެސް ކުޅެފައިވާ މޮޅު އެކްޓަރެކެވެ. ކޮމެޑީން ފެށިގެން ގޮސް އެންމެ ވަރުގަދަ އެކްޝަން ފިލްމްތައް ވެސް އަޖޭގެ ކްރެޑިޓްގައި އެބަ ހުއްޓެވެ.

ލަވް ރަންޖަންގެ ފިލްމުގައި އަޖޭ ދޭވްގަންގެ ވަރަށް ތަފާތު ރޯލެއް
ލަވް ރަންޖަންގެ ފިލްމުގައި އަޖޭ ދޭވްގަންގެ ވަރަށް ތަފާތު ރޯލެއް

އަންނަ ހުކުރު ދުވަހު އޭނާގެ އާ ފިލްމް "ރެއިޑް" ސިނަމާތަކަށް އަންނަ އިރު، އަޖޭގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން ޑައިރެކްޓަރު ލަވް ރަންޖަން ޕްރޮޑިއުސް ކުރާ އާބަން ރޮމޭންޓިކް ކޮމެޑީއަކީ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށް ލަވް ބުންޏެވެ. އަދި ވަކި ނަމެއް ދީފައި ނުވާ ފިލްމްގެ ޑައިރެކްޓަރަކީ އާކިވް އަލީ އެވެ.

ފިލްމްގެ ޝޫޓިން ވަނީ މިދިޔަ ޖެނުއަރީ މަހު ފަށައިފަ އެވެ. އަދި އަޖޭއާ އެކު ތައްބޫ ވެސް ފެނިގެންދާ ފިލްމް ސިނަމާތަކަށް އަންނާނީ މި އަހަރުގެ އޮކްޓޯބަރު 19 ގަ އެވެ. އަޖޭ އާއި ތައްބޫ އެންމެ ފަހުން އެކުގައި ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި ރޯހިތު ޝެޓީގެ "ގޯލްމާލް އެގެއިން" އިންނެވެ.

"މި ފިލްމުވެގެން ދާނެ އަޖޭ މީގެ ކުރިން ނުފެންނަ ކަހަލަ ވަރަށް ލަވަބަލް ކެރެކްޓާއަކުން ފެންނަ ފިލްމަކަށް. އަހަރެން ނުބުނާނަން މީގެ ކުރިން އޭނަ ހުންނާނޭ މި ކަހަލަ ރޯލެއް ކުޅެފައެއް،" ދާދި ފަހުން ރިލީޒްކޮށް، ބޮކްސް އޮފީހުގައި އަދިވެސް ކާމިޔާބީތަކެއް ހޯދަމުން އަންނަ "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" ގެ ޑައިރެކްޓަރު ބުންޏެވެ. "އަޖޭގެ މުޅިން ތަފާތު ސައިޑެއް މި ފިލްމުން އަހަރެމެން ދައްކުވައި ދޭނަން. އެ ގެރެންޓީ ބެލުންތެރިންނަށް ދެން."

މި ފިލްމަކީ ލަވް އާއި ޓީ-ސީރީޒް ގުޅިގެން ގެނެސްދޭ ފުރަތަމަ ފިލްމެވެ. ރިޕޯޓްތައް ބުނާ ގޮތުން އަޖޭ، 48، އާއި ތައްބޫ، 46، އާ އެކު، ފިލްމްގެ މުހިއްމު ރޯލަކުން ޒުވާން ބަތަލާ ރަކޫލް ޕްރީތު ސިންގް، 27، ވެސް ފެނިގެން ދާނެ އެވެ. އޭނާ އެންމެ ފަހުހެ ހިންދީ ފިލްމަކީ މިދިޔަ މަހު ރިލީޒް ކުރި "އައްޔާރީ" އެވެ.

ލަވް ބުނީ ފިލްމްގެ ބޮޑު ބައެއް މުމްބާއީގައި ޝޫޓްކޮށް ނިމިފައިވާ އިރު، ކުރިއަށް ހުރި ބައިތައް ޝޫޓް ކުރަން ޖެހެނީ ހިމާޗަލްޕްރަދޭޝް އާއި ލަންޑަންގައި ކަމަށެވެ.

"އަހަންނަށް އަދި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ދެވޭކަށް ނެތް. އުންމީދު ކުރަން ތިން މަހެއްހާ ދުވަސް ފަހުން، މީޑިއާތަކާ މި ފިލްމާ ބެހޭ ތަފުސީލުތަކާ އެކު ބައްދަލު ކުރެވޭނެ ކަމަށް." އޭނާ ބުންޏެވެ.