ޖާާންވީ، ސްރީދޭވީއާ އަޅާކިޔުމަކީ އިންސާފެއް ނޫން: ފަރާ ހާން
ޖާާންވީ، ސްރީދޭވީއާ އަޅާކިޔުމަކީ އިންސާފެއް ނޫން: ފަރާ ހާން

މިދިޔަ މަހު މަރުވި، މަޝްހޫރު ބަތަލާ ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު ފުރަތަމަ ފިލްމްގެ މަސައްކަތް ކުރަމުން އަންނަ އިރު، އޭނާގެ މަންމަގެ ހުނަރާ އަޅާކިޔުމަކީ އިންސާފަކަށް ނުވާނެ ކަމަށް ކޮރިއޮގްރާފަރު ފަރާ ހާން ބުނެފި އެވެ.

ޖާާންވީ، ސްރީދޭވީއާ އަޅާކިޔުމަކީ އިންސާފެއް ނޫން: ފަރާ ހާން
ޖާާންވީ، ސްރީދޭވީއާ އަޅާކިޔުމަކީ އިންސާފެއް ނޫން: ފަރާ ހާން

ޖާންވީ އާއި ޝާހިދުގެ ކަޕޫރްގެ ކޮއްކޮ އިޝާން ޙައްތަރުގެ ފިލްމް "ދަޅަކް" ގެ ލަވަތަކުގެ ކޮރިއޯ ހަދައިދެނީ ފަރާ އެވެ. އޭނާއަކީ ސްރޭދޭވީއާ އެކު ވެސް ވަރަށް ގިނަ މަސައްކަތްކެއްކޮށްފައިވާ މީހެކެވެ.

އަންނަ ޖުލައި މަހުގެ 20 ގައި "ދަޅަކް" ރިލީޒް ކުރަން ނިންމާފައިވާ އިރު، ފިލްމްގެ ޝޫޓިން ވަރަށް ބާރަށް ކުރިއަށް ދެ އެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ބައެއް މީޑިއާތަކުން ސްރީދޭވީއާ މާ ބޮޑަށް ވެސް ޖާންވީ އަޅާކިޔާތީ އެވެ.

"ސްރީދޭވީއަކީ ވަރަށް މޮޅު ނެށުންތެރިއެއް. ހަމަ އެގޮތަށް ޖާންވީއަކީ ވެސް ކިޔައިދޭ އެއްޗެއް ވަރަށް ފަސޭހައިން ނަގައިގަންނަ ވަރަށް ހުނަރުވެރި ކުއްޖެއް. އޭނާގެ އެކްޓިން އެ ހުނަރާ އެއްވަރަށް ނެށުމުގެ ހުނަރު ވެސް އެބަހުރި،" އެތައް ފިލްމެއްގެ ލަވައެއް ކޮރިއޯ ހަދާފައިވާ ފަރާ ބުންޏެވެ. "ސްރީދޭވީއަކީ އޭނާގެ ގޮތުގައި ލެޖެންޑެއް. އެއީ ބޮލީވުޑުން އެންމެ ކުޅަދާނަ އެއް އަންހެން ނެށުންތެރިޔާ ވެސް މެ. އެހެންވެ ޖާންވީގެ ފުރަތަމަ ފިލްމާ އެކު ސްރީދޭވީއާ އަޅާކިޔުމަކީ އެއްވެސް އިންސާފެއް ނޫން. ކޮންމެ މީހަކީ ވެސް އެމީހެއްގެ ގޮތުގައި ހަމަ ވަރަށް މޮޅު މީހެއް. އަހަރެން ބުނާނީ ޖާންވީ ވަރަށް މޮޅޭ ނަށަން ވެސް. އެކަން ފިލްމުން ފާހަގަ ކުރެވޭނެ."

"ދަޅަކް" ގެ ޝޫޓިން ފެށުމުގެ ކުރިން އެކްޓިން ވޯކްޝޮޕްތަކާ އެކު، ޖާންވީ، 21 ވަނީ ނެށުމުގެ ތަމްރީނުތަކެއް ވެސް ހަދައިފަ އެވެ.

"ދަޅަކް" އަކީ 2016 ގައި ރިލީޒް ކުރި މަރާޓީ ފިލްމް "ސައިރާތު" އަށް ބިނާކޮށް ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝަޝަންތު ކައިތާން ޑައިރެކްޓް ކުރާ ފިލްމެކެވެ. އޭނާއަކީ ކާމިޔާދު ދެ ފިލްމް ކަމަށްވާ "ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ" އާއި "ބަދްރިނާތު ކީ ދުލްހަނިޔާ" ގެ ޑައިރެކްޓަރެވެ.