އުރީދޫގެ އާ ޕޯސްޓްޕެއިޑް ޕެކޭޖްތައް ތައާރަފްކޮށްފި
އުރީދޫގެ އާ ޕޯސްޓްޕެއިޑް ޕެކޭޖްތައް ތައާރަފްކޮށްފި

އުރީދޫގެ އާ ޕޯސްޓްޕެއިޑް ޕެކޭޖްތަކެއް މިއަދު ތައާރަފްކޮށްފި އެވެ.

އުރީދޫގެ އާ ޕޯސްޓްޕެއިޑް ޕެކޭޖްތައް ތައާރަފްކޮށްފި
އުރީދޫގެ އާ ޕޯސްޓްޕެއިޑް ޕެކޭޖްތައް ތައާރަފްކޮށްފި

އެ ކުންފުނިން ބުނީ، އާ ޕެކޭޖުތައް ހުންނާނީ ކޯލް، އެސްއެމްއެސް، ޑޭޓާ އަދި އައިޑީޑީ ހިމެނޭ ގޮތަށް، ކޮންމެ ކަސްޓަމަރަކު ވެސް އެންމެ ބޭނުންވާ ކަންކަމާ ގުޅޭ ގޮތަށް ކަމަށެވެ.

އާ ޕޯސްޓްޕެއިޑް ޕެކޭޖްތަކުގެ އެންމެ ބޮޑު ބަދަލަކީ، ކަސްޓަމަރުންނަށް ލިބޭ ޑޭޓާ އެލަވަންސް ހުސްވުމުން، އިތުރު އަގަކާ ނުލައި ޑޭޓާ ބޭނުން ކުރެވޭ ގޮތަށް، އަންލިމިޓެޑް ޑޭޓާ ލިބުމެވެ. ނަމަވެސް، ޑޭޓާ އެލަވަންސް ހުސްވުމަށް ފަހު ސްޕީޑް ދަށް ވާނެ އެވެ. ހައިސްޕީޑްގައި ޑޭޓާ ބޭނުން ކުރެވޭނީ "ޕަވާ އަޕް" ޕެކޭޖެއް ގަތުމުންނެވެ.

"އުރީދޫ އިން އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް އެންމެ ފުރިހަމަ ހައްލެއް ހޯދައިދިނުމަށް. މިގޮތުން، އަންލިމިޓެޑް ކޯލް އަދި ޑޭޓާ ހިމެނޭ ގޮތަށް، އެންމެ އެކަށޭނަ އަގުތަކެއްގައި، މުޅިން އާ ޕޯސްޓްޕެއިޑް ޕެކޭޖްތަކެއް ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް،" އާ ޕެކޭޖުތައް ތައާރަފް ކުރުމަށް އުރީދޫ އޮފީހުގައި، އެ ކުންފުނިން ސްޕޮންސާ ކޮށްފައިވާ ނިއުރޭޑިއަންޓްގެ ކުޅުންތެރިންނާ އެކު ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ ނަޖީބް ޚާން ވިދާޅުވި އެވެ.

މިއަދު އަލަށް ތައާރަފް ކުރި ޕޯސްޓްޕެއިޑް ޕެކޭޖުތަކުގެ އަގުތައް އުޅެނީ، 200ރ. އިން ފެށިގެން 1،000ރ. އާ ދެމެދުގަ އެވެ. މި ޕެކޭޖުތަކާ އެކު މުޅި ރާއްޖޭގައި އުރީދޫގެ 4ޖީ ޕްލަސް ނެޓްވޯކް ބޭނުން ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އާ ޕެކޭޖުތަކާ އެކު އުރީދޫ ނެޓްވޯކް ތެރޭގައި އަންލިމިޓެޑް ކޯލްސް އާއި އެސްއެމްއެސް ވެސް ކުރެވޭނެ އެވެ. އަދި ކޮންމެ ޕެކޭޖަކާ އެކު ބޭރަށް ގުޅުމަށް، އައިޑީޑީ 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.