މި ހޯވަބޯޑަކީ ރަހުމަތްތެރިއެއް
މި ހޯވަބޯޑަކީ ރަހުމަތްތެރިއެއް

މިފަހަކަށް އައިސް އެކި ކަންކަމަށް ހާއްސަ ރޮބޮޓްތައް އަންނަނީ އުފައްދަމުންނެވެ. އެ ރޮބޮޓްތައް އަދާކުރާނީ އެއަށް ހާއްސަ ވަޒީފާއެވެ. ވަޒީފާގެ ބަޔާނުގައި އެކުވެރިކަން ލާޒިމްކުރާ ރޮބޮޓެއް އުފެއްދި ޚަބަރު އަޑުއެހިންހެއްޔެވެ.

ސެގްވޭ ކުންފުނިން، އެ ތަނުގެ މިނީޕްރޯއާ ދާދި އެއް ޓެކްނޮލޮޖީއަކުން އުފެއްދި ސެގްވޭ ލޫމޯއަކީ ހޯވަބޯޑު ރޮބޮޓެކެވެ. ބޭނުން ނަމަ އަރައިގެން ވެސް ދުއްވޭނެއެވެ. ނޫނީ ފަސްފަހަތުން އަންނަން ދޫކޮށްލާފައި ބަހައްޓަންވީއެވެ.

ސެގްވޭ ލޫމޯއަކީ މިއަށް ދީފައިވާ އިންޓެލްގެ ރިއަލްސެންސް ޓެކްނޮލޮޖީގެ ސަބަބުން އާޓިފިޝަލް އިންޓެލިޖަންސްގެ ފުރިހަމަކަން ވެސް ލިބިފައިވާ ރޮބޮޓެކެވެ. މިއަށް ދުނިޔެ ފެންނަނީ ތްރީޑީ ކޮށެވެ. ވީމާ، އެކުވެރިޔާ ދެނެގަތުމާއި މަގު އެނގުމާއި ފަހަތުން ހިނގުމުގެ ކުޅަދާނަކަން ވެސް މިއަށް ލިބިފައިވެއެވެ. ކުރިމަތީ ހުންނަ އަޑިގުޑަންތަކުން ސަލާމަތްކޮށްދޭނީ މީގައި ހިމެނޭ އިންފްރާރެޑް ސެންސަރުތަކުގެ އެހީގައެވެ.

މިޒަމާނުގެ އެހެން އުފެއްދުންތަކެކޭ އެއްގޮތަށް ސެގްވޭ ލޫމޯ ވެސް ފަރުމާކޮށްފައިވަނީ މަތީ ފެންވަރުގެ ކެމެރާއަކާ އެކުއެވެ. އަދި ފޮޓޯ އާއި ވީޑިޔޯ ނަގަން ދޭ އިރުޝާދު ބަލައިގަންނާނެ ފަސް މައިކު އެކުލެވޭ މައިކްބަރިއަކާ ވެސް އެކުގައެވެ. މީހުންތެރޭ ރޮބޮޓާ ވާހަކަދައްކަން ބޭނުން ނުވާ ނަމަ ސްމާޓްފޯނު އެޕަކުން ވެސް މި ރޮބޮޓަށް އަންގަންވާ އެންގުންތައް އެންގޭނެއެވެ.