ނިއުގެ ކުރީގެ ކެޕްޓަން އައްމަޑޭ ޓީސީ އަށް ސޮއިކޮށްފި
ނިއުގެ ކުރީގެ ކެޕްޓަން އައްމަޑޭ ޓީސީ އަށް ސޮއިކޮށްފި

ނިއު ރޭޑިއަންޓުގެ ކުރީގެ ކެޕްޓަން އަދި ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު މުހައްމަދު (އައްމަޑޭ) ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.

ނިއުގެ ކުރީގެ ކެޕްޓަން އައްމަޑޭ ޓީސީ އަށް ސޮއިކޮށްފި
ނިއުގެ ކުރީގެ ކެޕްޓަން އައްމަޑޭ ޓީސީ އަށް ސޮއިކޮށްފި

އައްމަޑޭ މި ސީޒަން ވިކްޓަރީގެ ޖާޒީގައި ފެށި ނަމަވެސް ދެ މެޗަށް ފަހު އެ ޓީމުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އައްމަޑޭ މި ސީޒަނުގެ ނިޔަލަށް ޓީސީއާ ގުޅުނުއިރު އޭނާ ވަނީ އިއްޔެ އޮތް ޓީސީގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.

ނިއު އިން 2003 ވަނަ އަހަރު ކެރިއަރު ފެށި އައްމަޑޭ އަކީ އެ ޓީމުން 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދިއިރު ކެޕްޓަނެވެ. އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ގައުމީ ސްކޮޑަށް އޭނާ ނެގި ނަމަވެސް އަނިޔާގެ ސަބަބުން ކުޅުމުގެ ފުުރުސަތެއް ނުލިބުނެވެ. ނިއު އަށް ކުޅުމަށް ފަހު އޭނާ ވަނީ މާޒިޔާގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެއް ކުޅުމާ ދުރުގައި ވެސް ހުންނަން ޖެހުނެވެ.

ޓީސީން ބުނީ އައްމަޑޭގެ އިތުރުން ޓީމު ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިއަކު ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު އަށް މެޗުން ލިބުނު 11 ޕޮއިންޓާ އެކު ޓީސީ އޮތީ މިވަގުތު ލީގުގެ ފަސް ވަނަައިގަ އެވެ.