11 މާޗް 2018 - 08:30

މާލޭގައި އިމާރާތެއްގެ ފަސް ވަނަ ބުރިން "ވެއްޓި" ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.
އުމުރުން 22 އަހަރުގެ ޒުވާނާ "ވެއްޓި" މަރުވީ މާފަންނުގައި ހުންނަ ސޮނީ ހާޑުވެއާ ހިންގާ އިމާރާތުގެ މަތީގައި ހުންނަ ގެސްޓް ހައުސްގެ ބެލްކަނީންނެވެ.
އައިޖީއެމްއެޗުގެ އޮފިޝަލުންނާ ހަވާލާދީ، ފުލުހުން ބުނީ އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
ހެނދުނު ހައެއް ޖަހާކަން ހާއިރު މި ހާދިސާ ހިނގާފައިވާއިރު، އެ ޒުވާނާ "ވެއްޓުނު" ސަބަބެއް އަދިއެއް ނޭނގެ އެވެ.