09 މާޗް 2018 - 08:54

ކުއްލިއަކަށް ސިކުނޑިއަށް އަންނަ ޚިޔާލުތައް ވީ އެންމެ އަވަހަށް ރައްކާނުކޮށްފި ނަމަ އެ ޚިޔާލުތައް ވަޔަށް ބުރައިގެން ހިނގައިދާނެއެވެ. ކޮންމެ ފަހަރަކު ގަނޑުކޮޅެއްގައި ނޯޓުކުރެވޭ ގޮތް ނުވެދާނެއެވެ. ނުވަތަ ސްމާޓްފޯނަށް ވެސް ރައްކާނުކުރެވިދާނެއެވެ. ސެންސްޓޯން ވެއާރަބަލް ވޮއިސް ރިކޯޑަރަކީ ރިކޯޑުކުރަން އަބަދުވެސް ތައްޔާރަށް އޮންނަ ފުލެކެވެ.
ސެންސްޓޯން ފަރުމާކޮށްފައިވަނީ އަބަދުވެސް އަޑު ރިކޯޑުކުރަން ތައްޔާރަށް ހުންނަ ގޮތަށެވެ. ޖެހޭނީ ސެންސްޓޯން ފުލުގައި މަޑުމަޑުން ކޮށްޓާލާށެވެ. މިއީ ކަރުގައި ނުވަތަ އަތުގައި އަޅާ ކެވެލިކޮޅެއް ނުވަތަ ފަށެއްގައި އަޅުވާލައިގެން އަބަދުވެސް ތައްޔާރީ ހާލަތުގައި އޮންނަ އެއްޗެކެވެ. ބޭނުމިއްޔާ ގަމީހު ގިރުވާނުގައި ނުވަތަ ޓައީގައި ވެސް ހަރުކޮށްލެވޭނެއެވެ.
މިއަށް ރިކޯޑުކުރާ އަޑު ވަގުތުން ރައްކާކުރަމުންދާނީ ލިޔުމެއްގެ ސިފައިގައެވެ. އެޕަކުން މި ލިޔުން ބަލައި އެހެން މީހުންނާ ހިއްސާ ވެސް ކުރެވޭނެ އެވެ.
ސެންސްޓޯންއަކީ ފެންނަ މަންޒަރުތަކާއި ކުރެވޭ ޚިޔާލުތައް ވަގުތުން ވަގުތަށް "ކަރުދާހަށް" ނަގައިދޭ އެކުވެރިޔެކެވެ.