08 މާޗް 2018 - 14:33

ގޭތެރެއަށް ބޭނުންވާ ތަފާތު ބާވަތްތަކުގެ ސާމާނު، ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ލިޓަސް ހޯމް ސެންޓަރުން "ސްޕްރީމް އޮފާ"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަންނަަ މަހުގެ 15 ވަނަ ދުވަހާ ހަމަ އަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި، 500ރ.ގެ ވިޔަފާރި ކުރުމުން ކޮންމެ މީހަކަށް ވެސް 50ރ.ގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި 5،000ރ. އިން މަތީގެ ވިޔަަފާރި ކުރުމުން ހަދިޔާއެއް ލިބޭނެ އެވެ.
"އަޅުގަނޑުމެން އަތުގައި އެންމެ އިތުބާރު ލިބިފައިވާ ބްރޭންޑްތައް ހުރި އިރު، އުންމީދުކުރަން މިއީ ކަސްޓަމަރުންނަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް،" ލިޓަސް އިން ބުންޏެވެ.
ލިޓަސް ހޯމް ސެންޓަރުން ބުނީ، މި ޕްރޮމޯޝަނުގެ ތެރެއިން ކަރަންޓް ސާމަނާއި ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން ގޭގައި ލާ ކުލަ ވެސް ވިއްކާނެ ކަމަށެވެ.
ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރި ވެސް ކުރާ ކުންފުނިން ވަނީ މަޝްހޫރު ބޭކޯ ބްރޭންޑާއި، އިޓަލީގެ މަޝްހޫރު ކުލަ ބްރޭންޑް، ނޯވާ ކަލާ ރާއްޖެ އަށް ތައާރަފް ކޮށްފަ އެވެ.