17 ޖުލައި 2016 - 14:16

ސޯލް (ޖުލައި 17) - ދެކުނު ކޮރެއާ އިން ގާއިމްކުރަން އުޅޭ އެޑްވާންސްޑް މިސައިލް ޑިފެންސް ސިސްޓަމާ މެދު ހިތްހަމަ ނުޖެހޭ ބަޔަކު ބޮޑު ވަޒީރު ވަން ކިޔޯ-އަންގެ ގައިކޮޅަށް ބިސް ޖަހާ ފުޅި އުކައިފި އެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ބުދަ ދުވަހު ވަނީ ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިޔާ ޑިފެންސް ނިޒާމް އެ ގައުމުގެ ދެކުނުގެ ސިއޯންޖޫގައި ގާއިމްކުރާނެކަން އިއުލާން ކޮށްފަ އެވެ. އަދި އެއީ އުތުރު ކޮރެއާގެ ނިއުކްލިއާ މިސައިލްގެ ބިރުން ސަލާމަތްވުމަށް ގާއިމްކުރާ ނިޒާމެއް ކަމަށް އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ.
އެކަމަކު މިސައިލްގެ ނިޒާމް ގާއިމްކުރާ ސިއޯންޖޫގެ ގާތްގަނޑަކަށް 45،000 މީހުން ވަނީ އެ އަވަށަށް އަށް ބޮޑު ވަޒީރު ވަޑައިގަތުމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެ އަވަށުގެ މީހުން ބުނީ މިސައިލުން ދިފާއުވެވޭ ނިޒާމް ގާއިމް ކުރަން އުޅެނީ އެ މީހުންނާ މަޝްވަރާ ނުކޮށް ކަމަށެވެ.
ބޮޑު ވަޒީރު އެ އަވަށަށް ވަޑައިގެންނެވީ ވެސް ރައްޔިތުންގެ ރުޅި މައިތިރި ކުރުމަށެވެ. މިސައިލް ނިޒާމުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ބޮޑު ވަޒީރު ވަން ވާހަކަ ދެއްކެވި ނަމަވެސް އެ އަވަށުގެ މީހުން ވަނީ ބޮޑު ވަޒީރުގެ ގައިކޮޅަށް ބިސް އުކައިފަ އެވެ. ބޮޑު ވަޒީރުގެ ގައިގޮޅަށް އުކަމުން ދިޔަ ބިހާއި ފުޅިތަކުން ސަލާމަތްވުމަށް ބޮޑު ވަޒީރުގެ ބޮޑީ ގާޑުން ވަނީ ކުޑަ ފަދަ ތަކެތީގެ އެހީގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ފަހުން ކާރަށް އަރައިވަޑައިގަތުމުން ވެސް އެ މީހުން އައިއެސް ކާރު ވަށާލުމުން ބޮޑު ވަޒީރު ވަން ވަނީ ކާރުގައި ހަ ގަޑިއިރު ހޭދަކުރައްވައިފަ އެވެ.