ނީހާ ޝަރްމާގެ ކޮއްކޮ އައިޝާ ވެސް ބޮލީވުޑަށް
ނީހާ ޝަރްމާގެ ކޮއްކޮ އައިޝާ ވެސް ބޮލީވުޑަށް

"ތުމް ބިން 2" އާއި "މުބާރަކަން" ފަދަ ފިލްމްތައް ކުޅެފައިވާ ބަތަލާ ނީހާ ޝަރްމާގެ ކޮއްކޮ އައިޝާ ޝަރްމާ ވެސް ބޮލީވުޑަށް ނުކުތުމުގެ މަސައްކަތް ފަށައިފި އެވެ.

އޭނާ ކުޅޭ ފުރަތަމަ ފިލްމް "އެސްއެމްޖޭ" ގެ ޝޫޓިން މިހާރު ވަނީ ފަށައިފަ އެވެ. މި ފިލްމަކީ ޓީ-ސީރީޒާއި ނިކަލް އަދްވާނީގެ އެންމޭ އެންޓަޓައިމަންޓް ގުޅިގެން ގެނެސްދޭ ތުރިލާއެކެވެ. ފިލްމްް ލިޔެ، ޑައިރެކްޓް ކުރަނީ މިލަޕް ޒަވޭރީ އެވެ.

ޖޯން އަބްރަހަމްއާ އެކު ފުރަތަމަ ފިލްމުން ފުރުސަތު ލިބުމުން ވަރަށް އުފާވެފައި ހުރި، އައިޝާ ވަނީ ކުރިން އެކްޓަރު އަޔޫޝްމަން ކުރާނާއާ އެކު ވީޑިއޯ ލަވައެއްގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭނާ އާންމުންގެ މެދުގައި މަޝްހޫރުވީ ކިންގްފިޝާ ކަލަންޑަރަށް މޮޑެލްކޮށް ދީގެންނެވެ.

"އެސްއެމްޖޭ" އާ ބެހޭ ގޮތުން އައިޝާ ބުނީ ބޮލީވުޑަށް ލޯންޗް ވާން މިއަށް ވުރެ ވަކި ރަނގަޅު ފުރުސަތެއް އޭނާ އަށް ނުލިބޭނެ ކަމަށާއި ވަރަށް އުފާވެފައި ހުރި ކަމަށެވެ.

"އެންމެ އުފާވަނީ ޖޯން އާއި މަނޯޖް ޕަޖްޕާއީއާ ފުރަތަމަ ފިލްމުން ސްކްރީން ހިއްސާކޮށްލަން ލިބުނީމަ،" 29 އަހަރުގެ ބަތަލާ ބުންޏެވެ.

"އެސްއެމްޖޭ" ގެ ޓީމުން ވަނީ އައިޝާ އާއި ޖޯން އެކުގައި ނަގާފައި ފޮޓޯއެއް ވެސް ފިލްމްގެ ފަސްޓްލުކްގެ ގޮތުގައި ދައްކާލައިފަ އެވެ.

އައިޝާއާ ބެހޭ ގޮތުން މިލަޕް ބުނީ އޭނާގެ ފިލްމަށް އައިޝާ ވަރަށް ފިޓްވާ ކަމަށެވެ. އަދި ފިލްމްގެ ސްކްރީންޕްލޭ ލިޔުނީ ވެސް ސިކުނޑީގައި އައިޝާ ބައިންދައިގެން ކަމަށް "މަސްތީ" ފްރެންޗައިޒްގެ ފިލްމްތަކާއި "އޭކް ވިލަން" ގެ ސްކްރީން ރައިޓަރު ބުންޏެވެ.

"އަހަންނަށް އެއްވެސް ޝައްކެއް އައިޝާއާ ހަވާލު ކުރި ރޯލަށް އޭނާ ވަރަށް ފުރިހަމަ އަށް އިންސާފުކޮށް ދޭނެކަމާ ދޭތެރޭ،" މިލަފް ބުންޏެވެ.

"އެސްއެމްޖޭ" ރިލީޒް ކުރާނީ މި އަހަރުގެ ފަހުކޮޅު އެވެ. ޖޯން ދެން އެންމެ އަވަހަށް ފެނިގެން ދާނީ އެޕްރީލް 6 ގައި ރިލީޒް ކުރާ "ޕަރްމާނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" އިންނެވެ.