ކުރަފި މަރަން މޮޅު ގޮތެއް ހަދައިގެން ގޭގައި ރޯވެއްޖެ
ކުރަފި މަރަން މޮޅު ގޮތެއް ހަދައިގެން ގޭގައި ރޯވެއްޖެ

އޮސްޓްރޭލިއާގެ ކްއީންސްލޭންޑުގައި ފިރިހެނަކު ބަދިގެއިން ކުރަފި ހުސްކުރަން މޮޅު ގޮތެއް ހަދަން އުޅެން ހަދައިގެން ގޭގައި ރޯވެވެއްޖެ އެވެ.

ސްޕްރޭ ޖަހައިގެން ކުރަފި މެރުމުގެ ބަދަލުގައި މި މީހާ ބޭނުންވީ "އަލިފާން ސްޕްރޭ" ޖަހާށެވެ. މިކަން ކުރަން އަލިފާނާ ދިމާކޮށްފައި ބަގް ސްޕްރޭ ޖެހުމުން އަލިފާންގަނޑު އަރައިގެން ދިޔަ ބާރުމިނުގައި ބަދިގޭގައި ރޯވީ އެވެ.

މި ހާދިސާ ހިނގިއިރު ގޭގައި އެހެން ބަޔަކު ވެސް އުޅުނެވެ. ނަމަވެސް ނަސީބަކުން އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

އަލިފާން ނިވާ މީހުން ބުނީ ބަދިގެ އާއި ގޭގެ ދޮރުމަތީ ފަރާތަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށާއި އަލިފާން ރޯކުރި މީހާގެ އެކި ތަންތަން ފިހި އަނިޔާވެގެން ފަރުވާދޭންޖެހުނު ކަމަށެވެ. އަދި ރޯވުމުން އެއްޗެހިތަކެއް ގޮވި ކަމަށާއި އެ ގޮވުމާ އެކު ބުރައިގެން ދިޔަ އެއްޗެހިތަކުން ވެސް އެ މީހާއަށް އަނިޔާވެފައިވާ ކަމަށެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ދޮރުތަކުގެ ބިއްލޫރިތައް ވެސް ވަނީ ތެޅިފަ އެވެ.

މި ހާދިސާއަށް ފަހު ފުލުހުން ވަނީ ދިރޭ އެއްޗެހި މަރަން ގެންގުޅޭ ސްޕްރޭ ފަދަ އެއްޗެހީގެ ބޭރުގައި ދީފައި ހުންނަ އިންޒާރުތަކަށް ސަމާލުވާން އެދިފަ އެވެ. މިފަދަ އެއްޗިއްސަކީ ފަސޭހައިން އަލިފާން ހިފާ އެއްޗިއްސަށް ވާތީ އަލިފާނާ ކައިރީގައި އެއްވެސް ގޮތަކަށް ބޭނުންކުރުމަކީ ނުރައްކާތެރިކަމެއްކަން ވަނީ ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ.