10 މާޗް 2018 - 08:13

ވޯލްޓް ޑިޒްނީން 2011 ގައި ގެނެސްދިން އެނިމޭޓެޑް ފިލްމް "ވިނީ ދަ ޕޫ" ގައި އުޅޭ ތަސައްރަފު ނުފުދޭ ކެރެކްޓާ ކްރިސްޓޯފާ ރޮބިން "ބޮޑުކޮށްގެން" ގެނެސްދޭ ފިލްމްގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
"ކްރިސްޓޯފާ ރޮބިން" ގެ ނަން ދީފައިވާ ފިލްމްގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ އިވަން މެކްގްރާގަ އެވެ. މިއީ "ވިނީ ދަ ޕޫ" ބެލި މީހުންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ އެވެ. އާންމުކުރި ފުރަތަމަ ޓީޒާގައި ކްރިސްޓޯފާ އާއި ވިނީގެ ބައްދަލުވުން ވެސް ދައްކައިލަ އެވެ. ވަރަށް ލޯތްބެވެ.
މީގެ ފުރަތަމަ ޕޯސްޓަރެއްގެ ގޮތުގައި ވެސް އާންމުކޮށްލީ ޕޫ ހިމެނޭ ޕޯސްޓަރެކެވެ. އޭގައި ޕޫ އިންނަނީ ތޮއްޕަކުން މޫނު ފޮރުވައިގެން، ފުރަގަހުގައި އިންނަ ދަބަހެއްގައި ލެނގިލައިގެންނެވެ. އަދި ދަބަހުގެ މަތީގައި ކަޅު ކުޑައެއް ވެސް އޮވެ އެވެ.
އަންނަ އޮގަސްޓް މަހުގެ 3 ގައި މި ފިލްމު ސިނަމާތަކަށް ވެސް އަންނާނެ އެވެ. މެކް ގްރެގާއާ އެކު ފިލްމުން ހޭލީ އެޓްވިލް ވެސް ފެނިގެން ދާނެ އެވެ.
ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ބްރޮންޓް ޝާމިކަލް އަދި މާކް ގެޓިސް ވެސް ހިމެނެ އެވެ.
މާކް ފޮސްޓާ ޑައިރެކްޓްކޮށްފައިވާ "ކްރިސްޓޯފާ ރޮބިން" ގައި ޕޫއާ އެކު އަދި އެހެން ލޯބިލޯބި ކެރެކްޓާތައް ވެސް ފެނިގެން ދާނެ އެވެ.
އެ ކެރެކްޓާތަށް އަޑު އަޅައި ދީފައިވާ ފަންނާނުންގެ ތެރޭގައި ޕީޓާ ކަޕަލްޑީ، ޖިމް ކަމިންސް، ބްރެޑް ޖެރެޓް، ޓޮބީ ޖޯންސް، ނިކް މުހައްމަދު ކްރިސް އޯ ޑޯޑް އަދި ކްރިސްޓިން ބާ ފަދަ އެތައް ފަންނާނުންނެއް ހިމެނެ އެވެ.