އަބަދުވެސް ކަސްޓަމަރުންގެ މައުލޫމާތު ރައްކާތެރި ކުރަން: ދިރާގު
އަބަދުވެސް ކަސްޓަމަރުންގެ މައުލޫމާތު ރައްކާތެރި ކުރަން: ދިރާގު

ޒިންމާދާރު ޓެލެކޮމް ކުންފުނިތަކުން މަސައްކަތް ކުރާ ފަދައިން އަބަދު ވެސް ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރާ ކަމަށް ދިރާގުން ބުނެފި އެވެ.

އެންމެ ބޮޑު ޓެލެކޮމް ކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ. އަދި ކަސްޓަމަރުންގެ އިތުބާރަކީ އެ ކުންފުންޏަށް ވަރަށް މުހިންމު އެއްޗެއް ކަމަށް ވެސް ބުނެފަައި ވެ އެވެ.

އެންމެ ދުވަސްވީ ޓެލެކޮމް ކުންފުނިން ބުނީ، ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް އަބަދު ވެސް ބޮޑެތި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ދިރާގުން މިފަދަ ޓްވީޓެއް ކުރި އިރު، އެމްޑީޕީގެ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމް މިއަދު ވަނީ، ސަރުކާރުން އޭނާގެ ދިރާގު ނަންބަރުގެ އިތުރު ސިމް ކާޑެއް ހައްދާފައިވާ ކަމަށް ޓްވިޓާގައި ބުނެފަަ އެވެ. އެ ސިމް ކާޑު ބޭނުން ކޮށްގެން ސަރުކާރުން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކް ކޮށްފައިވާ ކަމަށް ވެސް އޭނާ ބުނެ އެވެ.