07 މާޗް 2018 - 09:04

ބަތަލާ ޒީނަތު އައްބާސް މިހާރު ހުރި ގޮތާއި ފިލްމީ ދާއިރާ އަށް އޭނާ ނުކުތް އިރު ހުރި ގޮތް އަޅާބަލާއިރު އަދިވެސް މާ ބޮޑު ތަފާތެއް ނެތެވެ. ހީވަނީ މިހާރު ކުރިއަށް ވުރެ ވެސް ޒުވާންވެފައި ލޫޅާފަތި ކަމަށެވެ.

މިހާރުގެ އެންމެ ޒުވާން ބަތަލާއިންނެކޭ ޒީނަތެކޭ މާ ބޮޑު ފަރަގެއް ނެތެވެ. އެކަމަކު އޭނާއަކީ އުމުރުން 21 އަހަރުގެ އަންހެން ކުއްޖެއްގެ މަންމައެކޭ ބުނެފި ނަމަ ގަބޫލު ކުރެވޭނެ ހެއްޔެވެ؟ އުމުރުން 42 އަހަރު ވެއްޖެ އެވެ.

ތިން އަންހެން ކުދިން ތިބި ޒީނަތުގެ ހަގު ދަރިފުޅުގެ އުމުރަކީ މިހާރު ހަތް އަހަރެވެ. އޭނާ ސިފަކުރި ގޮތުގައި ސިންގަލްއޭ ބުނާ ކަހަލަ ހާލަތެއްގައި މިހާރު ހުރީ ވަރަށް އުފަލުންނެވެ.
އައިސް ޓީވީގެ "ވަރަށް ވާހަކަ" ޕްރޮގްރާމްގައި ޒީނަތު ވަނީ އޭނާގެ ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ. ޒުވާންކަމުގެ ސިއްރާ ބެހޭ ގޮތުން އޭނާ ބުނަނީ މިހެންނެވެ؛ އެކަމުގެ ހުރިހާ ޝުކުރެއް ހެއްދެވި ފަރާތަށެވެ.
"އަނެއް ކަމަކީ ކަޅު ކޮފީ. އަހަންނަކީ ހަށިގަނޑު މެއިންޓެއިން ކުރަން އެއްވެސް އިރެއްގައި އެއްވެސް ކަމެއް ކުރާ މީހެއް ނޫން،" ސަމާސާ ރާގަކަށް ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
އެކަމަކު ޒީނަތު ވަނީ އޭނާއަށް ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވެފައިވާކަން ވެސް ފާހަގަކޮށްފަ އެވެ. އެކަމަކު އޭގެ ވޭންތަކުގެ ވާހަކަ ނުދައްކައި އޭނާ ވަނީ ހަށިގަނޑަށް އަންނަ ބަދަލުތަކާ ޑިޕްރެޝަނާ ގުޅުން ހުރިކަން ފާހަގަކޮށްފަ އެވެ.
ޒީނަތު ބުނީ އޭނާއަކީ ވަރަށް މީރުކޮށް ކައްކާ މީހެއް ކަމަށެވެ. އެގޮތުން ބިރިޔާނީ ކަހަލަ އެއްޗެހި ވަރަށް މީރުކޮށް ކައްކާ ކަމަށް ބުންޏެވެ.
"އަހަރެން ކޮންމެ އެއްޗެއް ކެއްކިޔަސް އެންމެން ވެސް ބުނަނީ ވަރަށް މީރޭ،" މިދިޔަ އަހަރު ބޭއްވި އަށް ވަނަ ދިވެހި ފިލްމް އެވޯޑްސްގައި އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑް ހޯދި ޒީނަތު ބުންޏެވެ.
ފިލްމީ މަސައްކަތްތަކާ ބެހޭ ގޮތުން އޭނާ ބުނީ ދެން އެންމެ އަވަހަށް ފެންނާނީ ފިލްމް "ލީނާ" އިން ކަމަށެވެ. އަދި ބަތަލާ ނިއުމާ މުހައްމަދުގެ ސްކްރީނުން ފެންނާނެ ފަހު ފިލްމް "ނިވައިރޯޅި" ގެ ރޯލަކުން ވެސް ފެނިދާނެ ކަމަށް ބުންޏެވެ.
"އޭގެ ޕްރޮޑަކްޝަން މެނޭޖަރު އަހަންނަކީ،" ނިއުމާ ޕްރޮޑިއުސްކޮށް، މޫމިން ފުއާދު ޑައިރެކްޓް ކުރާ ފިލްމާ ބެހޭ ގޮތުން ޒީނަތު ބުންޏެވެ. "އޭގެ ރޯލަކުން ފަހަރެއްގައި ފެނިދާނެ."
މި ފަހުން ސިނަމާ އަށް އައި ފިލްމްތަކުގެ ތެރޭގައި "އަހުޝަމް"، "ވަފާތެރި ކެހިވެރިޔާ" އަދި "ވީ ބޭވަފާ" ގައި ވެސް މުހިއްމު ރޯލްތަކެއް ކުޅެފައިވާ ބަތަލާ ބުނީ ފިލްމީ ދާއިރާ އިން ނުގެއްލި އަބަދު ވެސް ފެންނާނެ ކަމަށެވެ. އެގޮތުން ކެމެރާގެ ކުރިމަތިގަ އާއި ފަހަތުގައި ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ފިލްމީ ދާއިރާ އަށް ޒީނަތުގެ އޮތް ލޯތްބާ ހެދި އޭނާގެ ދަރިިން މި ދާއިރާ އަށް ޝައުގުވެރިވޭ ބާވަަ އެވެ.
"އެ މީހުންގެ ނުހުރޭ ޝައުވެރި ކަމެއް. އެހެންވެ މި ދާއިރާއަކުން ނުފެންނާނެ. އަހަރެން ވަރަށް ބޭނުން ދަރިން ބޮޑެތިވެގެން ހެޕީ ލައިފެއްގެ އެންމެން ވެސް އުޅެން،" ދޮށީ ދެ އަންހެން ކުދިން ޓީވީމުން އަހަރުތަކެއް ކުރިން ދެއްކި "ކައްތިރި" ސިލްސިލާގައި މަސައްކަތްކޮށްފައިވާކަން ފާހަގަކޮށް އޭނާ ބުންޏެވެ.