ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ބިދޭސީންތަކެއް ދިރިއުޅެމުން އަންނަ މ. ސިތާރާ ގޭގައި ރޯވި އަލިފާން މިހާރު ނިއްވާލެވިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ގޭގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ ހަވީރު 3:30 ގައި ކަމަށާއި ރޯވީ ސިތާރާ ގޭގައި ބިދޭސީންތަކެއް އުޅެމުން ދިޔަ ގޭގެ ތިން ވަނަ ފަންގިފިލާގައި ކަމަށެވެ.

މި ހާދިސާ ހިނގުމާ އެކު، ސިތާރާ ގޭގައި އުޅެމުން ދިޔަ އެންމެން ބޭރަށް ނެރެފައިވާ އިރު، ދުމުގެ އަސަރުކޮށްގެން ހާލު ދެރަވި ބިދޭސީއަކަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

އަލިފާނުގެ ހާދިސާގައި ގެއަށް ލިބުނު ގެއްލުމުގެ ތަފުސީލެއް އަދި ނޭނގެ އެވެ. އަދި އަލިފާން ރޯވާން ދިމާވި ސަބަބެއް ވެސް ސާފެއް ނުވެ އެވެ.