މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު މަކުނުދޫ ބޭރުން ފެނިއްޖެ
މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު މަކުނުދޫ ބޭރުން ފެނިއްޖެ

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ހދ. މަކުނުދޫ ކައިރިން ކަނޑުމަތިން މިއަދު ފެނިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެ ރަށު ފަޅުގެ ދެކުނުން ފެށިގެން ހަ މޭލު ބޭރުން، ހަށިގަނޑު ފެނުނީ އެ ރަށު ކަންނެލި ދޯންޏަކަށެވެ.

ރާއްޖޭގެ އެންމެ ހުޅަނގަށް އޮންނަ މަކުނުދޫގެ ކައުންސިލް މެމްބަރު ހުސެން ސާމީ ވިދާޅުވީ އެ ރަށުން ފެށިގެން 19 މޭލު ދުރުން، ހަށިގަނޑު ފެނުނީ ދެފެން ދޭތެރޭގައި ބަންޑުން އޮއްވާ ކަމަށެވެ. އެކަމަކު ލައިފް ޖެކެޓް ވެސް އަޅާފައި އޮތް އެ މީހާގެ ޖިންސް އަދި ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ނޭނގެ ކިހާ ބޮޑަކަށް (ހަށިގަނޑު) ހަލާކުވެފައި އޮތް ކަމެއް ވެސް. ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދަށް ދަތުރު ކުރަމުން،" ސާމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަކުނުދޫންނާއި އެ އަތޮޅު ވެރިރަށް، ހދ. ކުޅުދުއްފުށީ ފުލުހުން އެ ސަރަހައްދަށް ދަތުރުކުރަމުން ދާއިރު ކަންނެލި ދޯނި އަދިވެސް އޮތީ އެ ތަނުގައި ކަމަށެވެ.