މިޒަމާނުގެ ޓެކްނޮލޮޖީގެ ތެރެއިން މީހުންނާއި ކުދިންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރަކީ ޑްރޯން ދުއްވުން ކަމަށް ވެދާނެ އެވެ. އެކަމަކު ބައެއް މީހުންނަށް މިއީ ސީރިޔަސް ވަޒީފާއަކަށްވެސް ފުދެއެވެ.

ތަފާތު އެކި ވައްތަރުގެ ޑްރޯންގެ ތެރޭން ކޮޑްކޮޕްޓަރަކީ ހަތަރު ބުރަފަތިލީ ޑްރޯންއެވެ. މިބާވަތުގެ އެންމެ ކުޑަ ޑްރޯން، މިހާރު އިންޓަނެޓުގައި ވިޔަފާރި ސައިޓުތަކުން ލިބެން އެބަހުއްޓެވެ.

ވޮލަޓް ޑްރޯންގެ ނަން ދީފައިވާ މި ޑްރޯންއަކީ މުށުތެރޭ ފޮރުވާލެވޭހާ ކުޑަ ޑްރޯންއެކެވެ. މީގެ ކޮންޓްރޯލަރާއި ޗާޖަރަކީ ވެސް ވޮލަޓެއްހާ ކުޑަ ބުޑުގަނޑެކެވެ. އިތުރު ވާތަކެއް ވެސް ޔޫއެސްބީ ޕޯޓަކަށް ޖަހާކަށްނުޖެހެއެވެ. ޗާޖުކުރާނީ ވެސް ރައްކާކުރާނީ ވެސް ވޮލެޓަކާ އެއްވަރުގެ ބުޑުގަނޑުންނެވެ.