06 މާޗް 2018 - 07:41

ޝާހްރުކް ހާނާއި ދީޕިކާ ޕަދްކޯންގެ ފިލްމް "ޗެންނައި އެކްސްޕްރެސް" އާއި ސަލްމާން ހާން" ގެ "ދަބަންގް" ގައި ނުބައިބައި ރޯލް ކުޅުނު ނިތިކެން ދީރްއޭ އަންހެނުން އަދި ބަތަލާ ކްރަތިކާ ސެންގަރްއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.
ނިތިކިން ދީރް، 37، އަކީ ދިގު އިސްކޮޅަކާއި ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ އެކްޓަރެކެވެ. ކްރަތިކާއަކީ ކަލާޒް އިން މިހާރު ދައްކާ ސިލްސިލާ "ކަސަމް: ތޭރީ ޕިޔާރް ކީ" ބަތަލާ އެވެ. އޭނާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ޕުނާރް ވިވާ" އަދި "ޖާންސީ ކީ ރާނީ" ވެސް ހިމެނެ އެވެ.
ފިލްމްތަކުގެ އިތުރުން ނިތިކަންއަކީ ވެސް ސިލްސިލާތަކުން ފެންނަ އެކްޓަރެކެވެ. އެގޮތުން ސްޓާ ޕްލަސް އިން ދައްކާ "އިޝްގްބާޒް" ގެ ވީރްގެ ކެރެކްޓާއިން މިހާރު ވެސް އޭނާ ފެނިގެން ދާނެ އެވެ.
ދެމަފިރިން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާ ޖުމެއިރާ ވިޓަވެލި ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް ވެސް އިސްޓަގްރާމާއި ޓްވިޓާގައި ވަނީ ހިއްސާކޮށްފަ އެވެ. ދެ މީހުންނާ އެކު އާއިލާގެ ބައެއް މީހުން ވެސް ރާއްޖެ އައިސްފައިވެ އެވެ.