ޑްރީމްލައިޓް: އަރާމުކޮށް ނިންދަވައިދޭނެ
ޑްރީމްލައިޓް: އަރާމުކޮށް ނިންދަވައިދޭނެ

މިޒަމާނަކީ މީހުން ހޭބޯނާރާ މަސައްކަތުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ ޒަމާނެކެވެ. ކިތަންމެ ބުރަކޮށް އުޅުނަސް ފައިދާހުރި ކާނާ އާއި އަރާމު ނިދިން މަހުރޫމްވެގެން މަސައްކަތް ކުރުމެއް ނެތެވެ. ރޭގަނޑުގެ އަރާމު ނިދި ކަށަވަރުކޮށްދޭނެ އެކި އާލާތްތައް މިހާރު ލިބެން ހުރެއެވެ. ޑްރީމްލައިޓް ސްލީޕިން މާސްކަކީ މިފަދައިން ބޭނުންކުރަން ފަރުމާކޮށްފައިވާ މޫނުމައްޗެކެވެ.

ނަމުން ވެސް އެނގޭ ގޮތުގައި ޑްރީމްލައިޓަކީ އައްޔަށް ގެނުވާ ބަދަލުތަކަކުން މީހާގެ ނިންޖާ ކުޅުވާ އެއްޗެކެވެ. މި މާސްކް އަޅާލުމުން ވަށައިގެންވާ ހުރިހާ އަލިކަމެއް ބައްދާލައެވެ. އަދި ގުދުރަތީ އަޑުތަކުން ސިކުނޑިއަށް އަރާމު އިހުސާސްކުރުވައެވެ. މިއާ ގުޅިފައިވާ އެޕްގެ އެހީގައި ބޭނުން ރާގެއް ނޫނީ ލަވައެއް އިޚުތިޔާރުކުރެވޭނެއެވެ. މާސްކްގައި ރައްކާކޮށްފައިވާ ސްޕީކަރަކުން މިއަޑުތައް އިވެމުންދާނެއެވެ. މާސްކާއި އެޕް ގުޅުވައިދެނީ ބްލޫޓޫތުންނެވެ.

ޑްރީމްލައިޓުން ނިންދަވައިދޭ ގޮތަށް ހޭލައްވައިވެސްދެއެވެ. ސޯނާކުރެވެން ހުރުމުގެ އިތުރަށް ނިދި ހަމަވެ، ހޭލަންވެއްޖެކަމަށް އިޝާރާތްކޮށްދިނުމަށް ފަނޑުފަނޑު ފެހި އައްޔެއް މާސްކްތެރޭން އަޅުވާލައެވެ. މިއީ ވެސް ދުރާލާ އެޕްގެ ތެރޭން އިޚުތިޔާރުކުރެވެން ހުންނަ ޚިދުމަތެކެވެ.