ވީބީގެ ހޯލްސޭލް ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
ވީބީގެ ހޯލްސޭލް ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ހުޅުމާލެ ނިރޮޅު މަގުގައި ވީބީގެ ހޯލްސޭލް ފިހާރައެއް މިއަދު ހުޅުވައިފި އެވެ.

ވީބީގެ ހޯލްސޭލް ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
ވީބީގެ ހޯލްސޭލް ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

މިއީ ވީބީން ރާއްޖޭގައި ހުޅުވި ފަސް ވަަނަ ފިހާރަ އެވެ. މާލޭގެ ތިން ފިހާރައިގެ އިތުރުން އައްޑޫގައި ވެސް ވީބީގެ ފިހާރައެއް ހުރެ އެވެ.

ވީބީގެ އެސިސްޓަންޓް މާކެޓިން މެނޭޖަރު އައިމިނަތު ޝަރޫނާ ވިދާޅުވީ މި ފިހާރަ އަކީ ވީބީން ވިއްކާ މުދާ ލުއި ފަސޭހަ ކަމާ އެކު ހުޅުމާލޭގެ ރީޓެއިލް ފިހާރަތައް މެދުވެރިކޮށް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ހުޅުވި ފިހާރައެއް ކަމަށެވެ.

"މި ފިހާރަ ހުޅުވުމުން ހުޅުމާލޭގައި ރީޓެއިލް މުދާ ވިއްކާ ފަރާތަތްތަކަށް މާލެ ދަތުރު ނުކޮށް، އަޅުގަނޑުމެން ވިއްކާ މުދާ ގަނޑުކޮށް ލިބުމުގައި ލުއި ފަސޭހަ ވެގެން ދާނެ." އޭނާ ވިދާޅުވި އެވެ.

ވީބީން ވިއްކާ މުދާތަކުގެ ތެރޭގައި ލޯރިއަލް އަދި ގާނިއާ ފަދަ ރީތިވާ ސާމާނު ބްރޭންޑުތަކުގެ މުދަލާއި، ޖޯންސަންސް އެންޑް ޖޯންސަންސް އަދި މާމީ ޕޮކޯޕޭންޓްސް ފަދަ ކުޑަކުދިނަށް ހާއްސަ ސާމާނު ބްރޭންޑްތަކާއި ކާނާގެ ބާވަތްތައް ހިމެނެ އެވެ.