ސަލްމާންގެ ޅިޔަނު އާޔޫޝްގެ ފިލްމް "ލަވްރާތުރީ" ގެ ޝޫޓިން ފަށައިފި
ސަލްމާންގެ ޅިޔަނު އާޔޫޝްގެ ފިލްމް "ލަވްރާތުރީ" ގެ ޝޫޓިން ފަށައިފި

ސަލްމާންގެ ހާން ޅިޔަނު އާޔޫޝް ޝަރްމާ ބޮލީވުޑަށް ތައާރަފުކުރާ ފިލްމް "ލަވްރާތުރީ" ގެ ޝޫޓިން ފަށައިފި އެވެ.

އާޔުޝްއަކީ ސަލްމާންގެ ހަގު އަންހެން ކޮއްކޮ އަރްޕިތާ ހާންގެ ފިރިމީހާ އެވެ. އެ ދެ މީހުންނަށް އާހިލް ކިޔާ ފިރިހެން ދަރިއަކު ވެސް ލިބިފައިވެ އެވެ. އާޔޫޝް އާއި އަރްޕިތާ ކައިވެނިކުރި ހިސާބުން ފެށިގެން ސަލްމާންގެ އާއިލާ އިން ވަނީ އާޔޫޝް ބޮލީވުޑަށް ތައާރަފު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ވަކިން ހާއްސަކޮށް ސަލްމާންގެ ބެލުމުގެ ދަށުން ގިނަ ޓްރޭނިންތަކެއް އޭނާ ހެދި އެވެ.

"ލަވްރާތުރީ" ގެ ޝޫޓިން އާދީއްތަ ދުވަހު ފެށުމާ އެކު، ސަލްމާން ވަނީ ފިލްމްގެ މަންޒަރެއް ޓްވިޓާގައި ހިއްސާކޮށްފަ އެވެ. އެ ފޮޓޯގައި ފެންނަަނީ އަޔުޝް އާއި ފިލްމްގެ އާ ބަތަލާ ވަރީނާ ހުސައިން ވަރަށް ހެވިފައި ތިބެގެން ސައިކަލެއް ދުއްވާ ތަނެވެ.

"ލަވްރާތުރީ" އަކީ ސަަލްމާންގެ ފިލްމް ކުންފުނި އެސްކޭއެފުން ޕްރޮޑިއުސްކޮށް، އަބިރާޖް މިނަވާލާ ޑައިރެކްޓް ކުރާ ލޯބީގެ ފިލްމެކެވެ. ފިލްމްގެ މައިގަނޑު ވާހަކަ އެނބުރެނީ އިންޑިއާގައި ފެސްޓިވަލެއްގެ ގޮތުގައި ފާހަގަ ކުރާ ކުލަގަދަ ނަވްރަތުރީގެ ތެރެއިން އަޔުޝް އާއި ވަރީނާ ދިމާވެގެން ހިނގާ ލޯބީގެ ކަންތައްގަނޑެކެވެ.

ރިޕޯޓްތައް ބުނާ ގޮތުންނ ގުޖުރާތުގައި ޝޫޓް ކުރާ ފިލްމްގައި ވަރީނާ ފެނިގެން ދާނީ ބެލޭ ޑާންސަރެއްގެ ގޮތުގަ އެވެ.

"ލަވްރާތުރީ" ޕޯސްޓަރު ވެސް މިދިޔަ މަހުގެ ތެރޭގައި ދައްކާލައިފައިވާ އިރު، ފިލްމް ސިނަމާތަކަށް އަންނާނީ މި އަހަރުގެ ސެޕްޓެމްބަރު 21 ގަ އެވެ.