ގުގުރިދެމުން ހުއްޓުވަން މަލަންކޮޅެއް
ގުގުރިދެމުން ހުއްޓުވަން މަލަންކޮޅެއް

ގުގުރި ދެމުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ އުނދަގުލެކެވެ. ގުގުރި ދަމާ އަޑު ކަނޑުވާލެވޭނެ އެކި އެކި ވަސީލަތްތައް އީޖާދުކޮށްފިއެވެ. މީގެ ތެރޭގައި ގިނައީ އަނގައަށް ނުވަތަ ނޭފަތަށް ލައްވަންޖެހޭ އެއްޗިއްސެވެ. މިއީ ގިނަ ބަޔަކަށް އެހާ ފަސޭހަކަމެއް ނޫނެވެ. އެކަމަކު "ސްނޯރިލެކްސް" އަކީ ކޯކަށިގަނޑުގެ މަތީގައި ތަތްކުރާ ގޮތަށް ހަދާފައިވާ މަލަމެކެވެ.

މަތިމައްޗަށް ފަށަލަފަށަލައަށް ހުންނަ މިމަލަމުގެ މައިގަނޑު މަގުސަދަކީ ފުރިހަމަ ނިންޖަކުން ނިދުމާއެކު ހަށިގަނޑުގެ މަސްތަކަށް ލުއިވުމުން ނޭވާލާ މަގު ބަންދުވިޔަ ނުދިނުމެވެ. ގިނަ ފަހަރަށް، ގުގުރި ދަމަން ފަށަނީ ނިދީގައި އަނގަ ހުޅުވިފައި ހުރެގެންނެވެ. މި މަލަން ރަގަޅަށް ތަތްކުރުމުން ހުންނާނީ އަނގަ ނުހުޅުވޭ ވަރަށް ހިފަހައްޓާފައެވެ.

ސްނޯރިލެކްސް މަލަމަކީ ތުނބުޅި މަތީގައި ވެސް ތަތްކުރެވޭ މަލަމެކެވެ. ކޮންމެ މަލަންކޮޅެއް ވެސް ތަތްކުރެވޭނީ އެއްފަހަރު އެވެ. މަލަމުގެ ތެރަސްކަން ހުންނާނީ އެއްފަހަރު ބޭނުންކުރެވޭ ވަރަށެވެ. މަލަން ތަތްކުރާނީ ފުލުގައި އޮންނަ ތުނި ކަރުދާސްކޮޅުން ބައެއް ނައްޓާފައި ކޯކަށިގަނޑުން ދަށުގައި މަލަމުގެ މަތީ ކައިރި ފަށް ތަތްކުރުމަށްފަހު ދަމާފައި ގެންގޮސް ކަތުރުކަށިގަނޑުގެ ދަށުން އަނެއްކޮޅު ތަތްކުރާ ގޮތަށެވެ. މިގޮތަށް ދެކޯމަތީގައިވެސް މަލަން ތަތްކުރަންޖެހެއެވެ.