ގަދަފިނީގައި ހާލުގައި ޖެހޭ މީހުންނަށް އިނގިރޭސި ވިލާތުގެ މިސްކިތްތައް ހުޅުވާލާފައި
ގަދަފިނީގައި ހާލުގައި ޖެހޭ މީހުންނަށް އިނގިރޭސި ވިލާތުގެ މިސްކިތްތައް ހުޅުވާލާފައި

ލަންޑަން (މާޗް 3) - އިނގިރޭސި ވިލާތުގައި އާދަޔާޚިލާފަށް ފިނިގަދަވެ ހާލުގައި ޖެހިފައިވާ މީހުންނަށް މިސްކިތްތަކުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

ގަދަފިނީގައި ހާލުގައި ޖެހޭ މީހުންނަށް އިނގިރޭސި ވިލާތުގެ މިސްކިތްތައް ހުޅުވާލާފައި
ގަދަފިނީގައި ހާލުގައި ޖެހޭ މީހުންނަށް އިނގިރޭސި ވިލާތުގެ މިސްކިތްތައް ހުޅުވާލާފައި

ގެދޮރު ނެތް މީހުން ގަދަފިނީގައި ދިރިއުޅޭ އިރު ކަންބޮޑުވުން އިތުރުވެފައި ވަނީ ސްނޯގެ ރަތް އެލާޓް މެޓް އޮފީހުން ނެރުމާ ގުޅިގެންނެވެ. އެއްމާ ތޫފާނާ އެކު ވަނީ ވައިގަދަވެ އިތުރަށް ސްނޯ ފައިބަން ފަށައިފަ އެވެ.

"އާދަޔާޚިލާފަށް ވަނީ ފިނިގަދަވެފައި. އެހެންވެ އަހަރެމެން ވެސް ބެލީ ކޮންމެވެސް ގޮތަކުން އެހީތެރިކަން ދެވޭތޯ،" މެންޗެސްޓާގެ އުތުރުގައިވާ މައްކީ މިސްކިތުގެ ރަބްނަވާޒް އަކްބަރު ވިދާޅުވި އެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ މެންޗެސްޓާގައި އަޅުކަން ކުރާ ބައެއް ކަންތަން ހިމެނޭ ސަރަހައްދުތަކުގައި ވޮލަންޓިއަރުން ކޭމްޕް ޖަހައި ގެދޮރު ނެތް މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފަ އެވެ. މިސްކިތްތަކުން ދަނީ ހާލުގައި ޖެހިފައިވާ މީހުން ފެންވެރުން ފަދަ އިންތިޒާމްތައް ހަމަޖައްސައިދެމުންނެވެ.

މިސްކިތްތައް ހިމެނޭ ސަރަހައްދުގައި ދެކުނު އޭޝިއާ ދަރިކޮޅުގެ މީހުން ގިނަ އަދަދަކަށް ދިރިއުޅޭތީ ހާލުގައި ޖެހިފައިވާ މީހުންނަށް ދަނީ ބަންގްލަދޭޝް އާއި ޕާކިސްތާނުގެ މައިގަނޑު ކެއުންތައް ކަމަށްވާ ބަތާއި ކުކުޅު ރިހަ ފަދަ ކާ ތަކެތި ފޯރުކޮށްދެމުންނެވެ.

އަކްބަރު ވިދާޅުވީ މެންޗެސްޓާގައި ގެދޮރު ނެތް މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

މިސްކިތަކަށް ދުވަހަކު ވެސް ނާރާ މީހަކު ބުނި ގޮތުގައި ގަދަފިން އޭނާ އަށް މިސްކިތުން ހިމާޔަތް ދިން މީހުން ވަރަށް ރަނގަޅު ކަމަށެވެ. އޭނާ އަށް ކާބޯތަކެތި ފޯރުކޮށްދިން ކަމަށް ވެސް ބުންޏެވެ.

އަޔަލެންޑުގެ އިސްލާމިކް ކަލްޗަރަލް ސެންޓަރުގެ ދަށުގައިވާ މިސްކިތްތަކުން ވެސް ވަނީ ގަދަފިނީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފަ އެވެ.

"އަޅުގަނޑުމެން މިހާރު ވަނީ ސެކިއުރިޓީ އަދި މެއިންޓެނެސް ޓީމެއް ރޭގަނޑު ޑިއުޓީ އަށް ހަމަޖައްސާފައި. އެއީ މިސްކިތުގެ ހީޓިން ސިސްޓަމް ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލަން،" އަޔަލެންޑުގެ އިސްލާމިކް ކަލްޗަރަލް ސެންޓަރުގެ ހެޑް އޮފް ކޮމިއުނިޓީ ވެލްފެއާ ސުމައްޔާ ކެންނާ ވިދާޅުވި އެވެ.