ރަކީދު ފަރަށް އެރި ދޯންޏާ ހެދި ފަރު ހަލާކުވާތީ ކައުންސިލް ކަންބޮޑުވެފައި!
ރަކީދު ފަރަށް އެރި ދޯންޏާ ހެދި ފަރު ހަލާކުވާތީ ކައުންސިލް ކަންބޮޑުވެފައި!

ވ. ރަކީދޫ ފުއްޓަރު ފަރާތަށް އަރާފައިވާ މުދާ އުފުލާ ދޯންޏެއްގެ ސަބަބުން އެރަށުގެ ފަރު ވަރަށް ބޮޑަށް ހަލާކުވަމުން ދާ ކަމަށް ބުނެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރަކީދު ފަރަށް އެރި ދޯންޏާ ހެދި ފަރު ހަލާކުވާތީ ކައުންސިލް ކަންބޮޑުވެފައި!
ރަކީދު ފަރަށް އެރި ދޯންޏާ ހެދި ފަރު ހަލާކުވާތީ ކައުންސިލް ކަންބޮޑުވެފައި!

އައްޑޫން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފަރަށް އެރި އެ ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ވެެސް އަންނަނީ ކުރަމުންނެވެ. އެކަމަކު ލިއޯ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ ދޯނި ފުންކުރުމަށް އެކްސްކަވޭރަކުން ފުއްޓަރު ފަރާތް ކޮންނަމުންދާތީ އެ ސަރަހައްދު ވަަރަށް ބޮޑަށް ހަލާކުވަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.

ރަކީދޫ ކައުންސިލްގެ ރައީސް އާދަމް ސާމީ ވިދާޅުވީ އެ ރަށު ދެކުނު ފަރާތު ފުއްޓަރު ފަރާތް ކޮނުމުން ފަރު ހަލާކުވަމުން ދާތީ އެކަން އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.

"ފުއްޓަރު ފަރާތް ސަރަހައްދަކީ މި ރަށުގައި އޮންނަ ރަނގަޅު ޑައިވިން ސްޕޮޓެއް. ދޯނި ފުންކުރަން އެތަން ކޮންނާތީ އެ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވަމުން ދަނީ،" ސާމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީޕީއޭ އާއި ފުލުހުންނަށް އެކަން އެންގި ނަމަވެސް އެކަމަށް އެއްވެސް ސަމާލުކަމެއް މިހާތަނަށް ނުލިބޭ ކަމަށެވެ. އަދި ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް އެކަން ކުރުމަކީ ރަށު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.

ފަރަށް އެރި އެ ދޯނީގައި ހުރި ހުރިހާ މުދަލަކާއި އިންޖީނު ވެސް ނަގައި، ދޯނި މިހާރު ވަނީ ހުސްކޮށްފަ އެވެ. ފުންކުރުމަށް މަސައްކަތް ކުރި ނަމަވެސް ދޯނި އަދިވެސް ރަށާ ކައިރިއަށް ލައްވަމުން އަންނަ ކަމަށް ސާމީ ވިދާޅުވި އެވެ.