03 މާޗް 2018 - 06:53

ސްމާޓްފޯންތަކުގެ މޮޅުކަމުގެ ވާހަކަ ދައްކާނެކަމެއް ނެތެވެ. އެކަމަކު އޭގެ ތެރެއަށް ގެއްލި ހަލާކުވަމުންދާ މީހުން ގިނަކަމުން އެކަމާ ދެކޮޅަށް މިހާރު މި ވަނީ ކެމްޕެއިންތައް ފެށިފަ އެވެ.
މިއީ "ލައިޓް ފޯން 2" އެވެ. މިއީ ފޯނަކުން ކުރެވޭ އަސާސީ ކަންކަން އެކަނި ކުރެވޭ ފޯނެކެވެ. ފޯޖީ އެލްޓީއީ ފޯނެއް ކަމަކު މިއިން ކުރެވޭނެ ކަންކަން މަދެވެ. އެއީ ފޯނުކުރުމާއި ޓެސްޓް މެސެޖު ފޮނުވުމާއި ކޮންޓެކްޓް ލިސްޓް ބަލައިލުން އަދި އެލާމް ކުރުމެވެ. ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކާއި އީމެއިލް އާއި ޚަބަރުތަކާއި ގޭމުތަކެއް ވެސް މިއަކުން ނުފެންނާނެ އެވެ.
އީ އިންކް ޑިސްޕްލޭއެއް ހިމަނާފައިވާ މި ފޯނުގެ ދިގުމިނަކީ 99 މިލިމީޓަރެވެ. ފުޅާމިނުގައި 55 މިލިމީޓަރު ހުންނައިރު ބޯމިނަކީ 7.5 މިިލިމީޓަރެވެ. ކުޑަކުޑަ ތުނި ފޮއްޓެކެވެ.
މީގައި ފީޗާތައް މަދަސް، އަގު އެބަހުއްޓެވެ. އަސްލު އަގަކީ 400 ޑޮލަރެވެ. އެކަަމަކު ކުރިން ގަންނަ މީހުންނަށް 250 ޑޮލަރަށް ލިބިދާނެ އެވެ.