ކޮމެޑީއަކަށް ވަރުގަދަ ދެ ނަމެއް؛ ޑެނީ ބޮޔެލް އާއި ރިޗަޑް ކާޓިސް
ކޮމެޑީއަކަށް ވަރުގަދަ ދެ ނަމެއް؛ ޑެނީ ބޮޔެލް އާއި ރިޗަޑް ކާޓިސް

ޑެނީ ބޮޔެލްއަކީ "ސްލަމްޑޯގް މިލިއަނާ" އިން އޮސްކާ ހޯދާފައިވާ ޑައިރެކްޓަރެވެ. ރިޕޯޓްތައް މިހާރު ބުނާ ގޮތުން ކުރިއަށް އޮތް ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމްގެ ޑައިރެކްޓަރުގެ ގޮނޑީގައި ވެސް އިށީންނާނީ އޭނަ އެވެ.

ކޮމެޑީއަކަށް ވަރުގަދަ ދެ ނަމެއް؛ ޑެނީ ބޮޔެލް އާއި ރިޗަޑް ކާޓިސް
ކޮމެޑީއަކަށް ވަރުގަދަ ދެ ނަމެއް؛ ޑެނީ ބޮޔެލް އާއި ރިޗަޑް ކާޓިސް

ދެން އޮތީ ލަވް އެކްޗުއަލީ އާއި ނޮޓިން ހިލް އަދި ފޯ ވެޑިންސް އެންޑް އަ ފިއުނަރެލް ފަދަ ކާމިޔާބު ފިލްމްތަކުގެ ސްކްރީންރައިޓަރު ރިޗަޑް ކާޓިސްގެ ވާހަކަ އެވެ. "ބްރިޖެޓް ޖޯންސް ޑައިރީ" ގެ ވެސް ސްކްރީންޕްލޭ ލިޔުނު ކާޓިސްގެ އާ މަސައްކަތަކަށް ދެން އެންމެ އަވަހަށް ފެންނާނީ މި އަހަރުގެ ޖުލައިގައި ރިލީޒް ކުރާ "މާމާ މިއާ" ގެ ސީކްއެލް "ހިއާ ވީ ގޯ އެގެއިން" އެވެ.

ޑެނީ އާއި އާއި ކާޓިސްގެ ކްރެޑިޓްގައި ކާމިޔާބު މަސައްކަތްތަކެއް ހުރި އިރު، މި ދެ މީހުން ގުޅިގެން މިހާރު އަންނަނީ ފިލްމެއް ހަދަން ތައްޔާރުވަމުންނެވެ. އެހެންވެ މިއީ މޮޅު އަދި ރީތި ފިލްމަކަށް ވާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.

ދެ މީހުން ގުޅިގެން ހަދަން ނިންމާފައި ވަނީ 1960 އާއި 1970 ގެ އަހަރުތައް ދައްކުވައިދޭ މިއުޒިކަލް ކޮމެޑީ އެކެވެ. ފިލްމްގެ ނަން އަދި ރަސްމީކޮށް އިއުލާންކޮށްފައި ނެތަސް، މީގެ ވާކިން ޓައިޓްލްއަކަށް ހަމަޖައްސާފައި ވަނީ "ޓިމް ބީވެން އެންޑް އެރިކް ފެލްނާ" އެވެ. ބެލުންތެރިންނަށް ފިލްމް ގެނެސް ދޭނީ ޔުނިވާސަލް ޕިކްޗާޒްގެ ތައްގަނޑާ އެކުގަ އެވެ. ފިލްމްގެ ސްކްރީންޕްލޭ ލިޔަނީ ކާޓިސް އެވެ. ޑައިރެކްޓް ކުރާނީ ޑެނީ އެވެ.

މިހާރު ރާވާފައި އޮތް ގޮތުން ފިލްމްގެ ކާސްޓުން ވަރަށް އަވަހަށް ހަމަޖައްސައި، ކުރިއަށް އޮތް ހޫނު މޫސުމުގައި ފިލްމްގެ ޝޫޓިން ފަށާނެ އެވެ. އެކަމަކު ބެލުންތެރިންނަށް ފިލްމް ގެނެސް ދޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނޮވެމްބަރު، 8، 2019 ގައި ރިލީޒް ކުރަން ތާވަލްކޮށްފައިވާ ބޮންޑްގެ އާ ފިލްމް ޑައިރެކްޓް ކުރަން ޑެނީއާ ހަވާލުކޮށްފި ނަމަ، ކާޓިސް އާއި ޑެނީގެ ކޮމެޑީ ބެލުންތެރިންނާ ހަމައަށް އަންނާނީ ބޮންޑް ފިލްމަށް ފަހު އެވެ.