ބައޮޕިކް ލިޔުމުގެ ހުއްދައެއް ނުދޭނަން: ސަލްމާން
ބައޮޕިކް ލިޔުމުގެ ހުއްދައެއް ނުދޭނަން: ސަލްމާން

މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ހަޔާތުގެ ވާހަކަ އެނގެން ވަރަށް ގިނަ މިހުން ބޭނުންވާނެ އެވެ. މީޑިއާ އާއި އާއްމުން ވެސް ސަލްމާންގެ ބައޮޕިކަށް އިންތިޒާރު ކުރެ އެވެ. ސަލްމާންގެ ހަޔާތުގައި ހިނގާފައިވާ ބައެއް ކަންތައްތަކަކީ އޭގެ ހަގީގަތް ސަލްމާން ކިޔައިދޭ ގޮތް އެނގެން ބޭނުންވާ ކަންތައްތަކެވެ.

ސަލްމާންގެ ހަޔާތުގެ މައްޗަށް ލިޔާ ފޮތަކަށް ފިލްމެއް ތައްޔާރުކުރަން ވެސް ވަރަށް ގިނަ ޑައިރެކްޓަރުން ބޭނުންވެ އެވެ.

ނަމަވެސް އޭނާގެ ހަޔާތުގެ ވާހަކަ ފޮތެއްގެ ސިފައިގައި ވުޖޫދަށް އައުމަކީ ސަލްމާން އެދޭ ކަމެއް ނޫނެވެ.
ސަލްމާނާ މިކަމާބެހޭ ގޮތުން ސުވާލުކުރުމުން ބުނެފައި ވަނީ އޭނާގެ ދިރިއުޅުމަކީ ވަރަށް ފޫހި ދިރިއުޅުމެއް ކަމަށާއި އެހާ ފޫހި ވާހަކަތަކެއްގެ މައްޗަށް ބައޮޕިކް ލިޔާކަށް ނުވާނެ ކަމަށެވެ. އަދި ބައޮޕިކް ލިޔެފި ނަމަ އެ ލިޔުމުގެ ތެރޭގައި ވަރަށް ގިނަބަޔަކު މަރުވެގެން ދާނެކަމަށް ސަލްމާން ބުންޏެވެ.

ސަލްމާން ބުނި ގޮތުގައި އޭނާގެ ބައޮގްރަފީ ލިޔެވޭނީ އޭނާއަށް ނުވަތަ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮމެންނަށެވެ. އެމީހުންނަށް ވެސް ލިޔެވޭނީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި އެހެންވެ އެއްވެސް މީހަކަށް އޭނާގެ ބައޮގްރަފީ ލިޔުމުގެ ހުއްދަ ނުދެވޭނެ ކަމަށް ބުނެފައިވެ އެވެ.

ސަލްމާން ބުނީ އެއްވެސް އެކްޓަރަކަށް އޭނާގެ ރޯލު އަދާ ނުކުރެވޭނެ ކަމަށެވެ.