01 މާޗް 2018 - 21:58

މާލެއިން ފުރައިގެން ޅ. ކުރެންދުއަށް ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް މިއަދު ހަވީރު ކާށިދޫ ކައިރިއަށް އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ "ގިޓާނާ 1" ކާށިދޫގެ އިރު ދެކުނުން ހަތަރު މޭލު ބޭރަށް އަޑިއަށް ދިޔައިރު ދިވެއްސަކާއި ތިން ބިދޭސީން ތިބި ކަމަށެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ހަތަރު ފަޅުވެރިން ސަލާމަތްކޮށް ކާށިދުއަށް ގެންދިޔައީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏެކެވެ.
އެމްއެންޑީއެފް އިން ބުނީ ދޯނި އަޑިއަށް ދިޔައީ ދިޔަވެ ޕަންޕު ޖެހުމުން ވެސް، ދިޔަގަނޑު ކޮންޓްރޯލް ނުކުރެވިގެން ކަމަށް ދޯނީގެ ކެޕްޓަން މައުލޫމާތު ދީފައިވާ ކަމަށެވެ.