03 މާޗް 2018 - 06:52

ދުވަހުގެ ހާސްކަމަށް ފަހު ކޮންމެ މީހަކަށްވެސް އަރާމާއި ހިތްހަމަޖެހުން ހޯދައިދެނީ އެމީހަކު ދިރިއުޅޭ ގޭތެރެއިންނެވެ. ކޮންމެ މީހަކު ވެސް އުއްމީދުކުރާނީ އެމީހެއްގެ ގެޔަކީ އެމީހެއްގެ ސަލާމަތުގެ އައްސޭރިއަށްވުމަށެވެ.
މި ހިތްހަމަޖެހުމާއި އުފާވެރިކަން ގޭތެރޭން އިތުރަށް ލިބި ކަށަވަރުކޮށްދޭނީ ހިތަށް ފިނިކަން ގެނެސްދޭނެ ވަހަކުން ގޭތެރެ އެއްވަސްވެގެންނެވެ. އެއާ އެރޯމާ ކުންފުނީގެ އެރޯމެކްސްއަކީ ގޭތެރެއިން މީރުވަސް ދުއްވާ "ޑިފިޔުޒަ" އެކެވެ.
ވަރަށް ސާފު ރީތި އެލުމިނިޔަމް ހެދުމަކުން ފަރުމާކޮށްފައިވާ އެރޯމެކްސްއަކީ އިޚުތިޔާރުކުރާ މީރު ވަހަކުން ޖައްވުތެރެ އެއްވަސްކޮށްލުމުގެ ގާބިލްކަން ލިބިފައިވާ މީރުވަސް ދުއްވާ ކުޑަ "މިސައިލެކެވެ". މޭޒުމަތީ ބަހައްޓާފައި ހުންނައިރު ވަށް ބުޑަކާއި މައްޗަށް އޫކޮށް ހުންނަތީ މިސައިލަކާ ވައްތަރުގޮތެއް ހުރެއެވެ.
އެރޯމެކްސް ފަރުމާކޮށްފައިވާ ގޮތުން ވަސް ދުއްވާލަން ޓައިމަރަށްލެވެއެވެ. އެރޯމެކްސް ވިއްކަނީ ބުޑުގަނޑާއި މިއަށް އަޅާ ސެންޓު ވަކިންނެވެ. ބުޑުގަނޑުގެ އަގަކީ 369 ޑޮލަރެވެ. ސެންޓު ވިއްކަނީ ފުޅިއެއް 79 ޑޮލަރަށެވެ. މީގެ 10 ބާވަތުގެ ސެންޓު ހުރެއެވެ. ބުޑުގަނޑުގެ ފަސް ކުލަ ވިއްކަން އެބަހުއްޓެވެ.