ބޭރުން ލިބޭ އެހީތަކާ އެއްވަަރަށް މަސައްކަތްތައް ތަންފީޒެއް ނުކުރެވޭ: ފިނޭންސް މިނިސްޓަރު
ބޭރުން ލިބޭ އެހީތަކާ އެއްވަަރަށް މަސައްކަތްތައް ތަންފީޒެއް ނުކުރެވޭ: ފިނޭންސް މިނިސްޓަރު

ބޭރު ގައުމުތަކުން ލިބޭ އެހީތަކާ އެއްވަރަށް މަސައްކަތްތައް ތަންފީޒުނުކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ.

ބޭރުން ލިބޭ އެހީތަކާ އެއްވަަރަށް މަސައްކަތްތައް ތަންފީޒެއް ނުކުރެވޭ: ފިނޭންސް މިނިސްޓަރު
ބޭރުން ލިބޭ އެހީތަކާ އެއްވަަރަށް މަސައްކަތްތައް ތަންފީޒެއް ނުކުރެވޭ: ފިނޭންސް މިނިސްޓަރު

ކުނި މެނޭޖުކުރުމުގެ އެންމެ ބޮޑު މަހާސިންތާ ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މުނައްވަރު ވިދާޅުވީ ބޭރުގެ އެހީއާއެކު ރާއްޖޭގައި ވަރަށް ގިނަ މަޝްރޫއުތައް ހިންގާ ކަމަށެވެ. ނަމަވެސް މަޝްރޫއުތައް ތަންފީޒުކުރުމުގައި ރާއްޖެ ވަރަށް ބަލިކަށި ކަމަށް އޭނާ ވިދާޅުވި އެވެ.

"ފިނޭންސް މިނިސްޓްރީ އަށް އައުމުގެ ކުރިން އަޅުގަނޑު ހީކުރީ ރާއްޖެއަށް ބޭރުން އެހީ ނުލިބެނީ ކަމަށް. ނަމަވެސް ފިނޭންސް މިނިސްޓްރީގައި މި ހޭދަކުރި ދެތިން އަހަރު ފެނިގެން ދިޔައީ އަޅުގަނޑުމެންނަށް ލިބޭ އެހީއާ އެއްވަރަށް މަސައްކަތްތައް ތަންފީޒުނުކުރެވޭތަން. ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ވެސް ބަލިކަށި،" ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް އަދާކުރެއްވި މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫއުތައް ރަނގަޅަށް ތަންފީޒުކުރެވޭނީ އެކަންކަމަށް ކައުންސިލްތަކުން ވެސް ސަރުކާރާ އެއްބާރުލުން ދީގެން ކަމަށާއި ނަމަވެސް ބޮޑު މަޝްރޫއެއް ހިންގާ ކަން ބައެއް ކައުންސިލްތަކަށް ނޭނގޭ ކަމަށެވެ.

"ކޮންމެ މިނިސްޓްރީއަކުން ކިހިނެއްތޯ ކޮންމެ ރަށަކަށް ދާނީ. އެ ރަށެއްގައި ޕްރޮޖެކްޓްތައް ހިންގިގެންދާނީ ތިބޭފުޅުން [ކައުންސިލްތައް]ގެ އެއްބާރުލުން ލިބިގެން. އެހެންނޫނީ އަޅުގަނޑުމެންނަށް ފެނިގެން ދަނީ ޕްރޮޖެކްޓް ތިން ހަތަރު ވެގެންދާއިރު ވެސް އިމްޕްލިމެންޓް ވެގެން ނުދާތަން. މިއީ ވަރަށް ހިތާމަކުރާ ކަމެއް،" މުނައްވަރު ވިދާޅުވި އެވެ.

ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އަންނަ އަހަރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއެއް ފަށާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވަނީ ރޭ ވަނީ އިއުލާނުކުރައްވައިފަ އެވެ. އެ މަޝްރޫއުގެ ތެރެއިން ބޮޑަށް ސަމާލުކަން ދޭނީ ތިލަފުށީގެ ކުނީގެ މައްސަލަތައް ހައްލުކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.