ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފޭކް މެސެޖެއް
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފޭކް މެސެޖެއް

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފޭކް މެސެޖެއް ފޮނުވާ މައްސަލަ އެ ކުންފުނިން ބަލަން ފަށައިފި އެވެ.

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފޭކް މެސެޖެއް
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފޭކް މެސެޖެއް

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ، އެ މެސެޖްގެ ސަބަބުން ކަސްޓަމަރުންނަށް އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެ ކަމަށެވެ. އަދި އެ މެސެޖުގައި "ކޯޓާ"ގެ ބޮޑު މިންވަރެއް ބޭނުން ކުރެވިފައިވާ ކަމަށް ބުނި ނަމަވެސް، އޭގެ ސަބަބުން ޔޫސޭޖް އެލަވަންސަށް އެއްވެސް ބަަދަލެއް ނާންނާނެ ކަމަށެވެ.

"ހަމައެކަނި ޕޯސްޓްޕެއިޑް ނަންބަރުތަކަށް މި މެސެޖް ފޮނުވަނީ. މިހާރު މި ގެންދަނީ އެކަން އިންވެސްޓިގޭޓް ކުރަމުން،" ދިރާގުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޕޯސްޓްޕެއިޑް ނަންބަރުތަކަށް ފޭކް މެސެޖް ފޮނުވަނީ 7780000 ނަންބަރުންނެވެ. އެއީ ދިރާގުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ބެލެންސް މައުލޫމާތު ފޮނުވާ ނަންބަރެވެ.

ދިރާގުން ބުނީ މި މެސެޖާ ގުޅިގެން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެ ކަމަށެވެ. އަދި މި މެސެޖާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް ވެސް ވަނީ އެދިފަ އެވެ.