ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް 24 ދަރިވަރަކަށް ދީފި
ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް 24 ދަރިވަރަކަށް ދީފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްކޮލަޝިޕަށް ހޮވުނު 24 ދަރިވަރުންނަށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.

ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް 24 ދަރިވަރަކަށް ދީފި
ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް 24 ދަރިވަރަކަށް ދީފި

އެ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕޯސްޓް ގްރެޖުއޭޓް ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް ވަނީ ލިޔުން ދީފަ އެވެ. އެއީ މުޅިން ހިލޭ ކިޔެވޭ ހަތަރު ސްކޮލަޝިޕާއި ޓިއުޝަންފީ ސްޕޮންސާ ކޮށްފައިވާ 20 ސްކޮލަޝިޕެވެ.

ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް 24 ދަރިވަރަކަށް ދީފި
ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް 24 ދަރިވަރަކަށް ދީފި

އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ އާއިޝަތު ޝާހީން ވިދާޅުވީ މި ފަހަރު ހުޅުވާލި ސްކޮލަޝިޕަށް ވެސް 200 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލި ކަމަށެވެ. އެ ސްކޮލަޝިޕް ލިބޭ ދަރިވަރުން ހޮވަނީ އެކަމަށް ހާއްސަ ކޮމެޓީން ދަރިވަރުންނަށް މާކްސް ދިނުމުން، އެންމެ މަތީން މާކްސް ލިބޭ ދަރިވަރުންނަށެވެ.

އޭނާ ވިދާޅުވީ އެ ޔުނިވަސިޓީގެ ދަރިވަރުންނަކީ މުޖުތަމައުގައި ތަފާތު ދައްކާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެ ގޮތުން ގައުމީ ފެންވަރުގަ އާއި ޔުނިވާސިޓީ އަށް ވެސް، މިއަދު ސްކޮލަޝިޕް ލިބުނު ދަރިވަރުންގެ ފަރާތުން ފައިދާ ހުރި ހިދުމަތްތަކެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަދައްކަވަމުން އެ ޔުނިވާސިޓީގެ ކައުންސިލް މެމްބަރު އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިޝަލް ޑރ. ފާތިމަތު ނަޒްލާ ވަނީ ތައުލީމް ހާސިލްކުރަން އެ ދަރިވަރުންނަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ނަޒްލާ ވިިދާޅުވީ ތައުލީމް ހާސިލް ކުރާ އިރު އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެކަމުގެ ފައިދާ ފަހުން ކުރާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޔުނިވާސިޓީން ސްކޮލަޝިޕް ދެމުން އަންނަތާ ގިނަ އަހަރުތަކެެއް ވެއްޖެ އެވެ.