އަޖޭ ދޭވްގަން ދަރިފުޅު ނީސާއާ އެކު ރެޑް ކާޕެޓްގައި ހިނގާލައިފި
އަޖޭ ދޭވްގަން ދަރިފުޅު ނީސާއާ އެކު ރެޑް ކާޕެޓްގައި ހިނގާލައިފި

ބޮލީވުޑް އެކްޓަރު އަޖޭ ދޭވްގަން އާއި އަންހެން ދަރިފުޅު ނީސާ ލަންޑަން އިންޑިއަން ފިލްމު ފެސްޓިވަލުގެ ރެޑް ކާޕެޓްގައި އަތާއަތްގުޅާލައިގެން ހިނގާލައި ގިނަ ބަޔަކު ހައިރާން ކޮށްލައިފި އެވެ.

ނީސާ، 13، އަކީ އަޖޭ އާއި ބަތަލާ ކާޖޮލްގެ ދޮށީ ދަރިފުޅެވެ. މި ދެމަފިރިންގެ ދެން ހުންނަނީ ޔުގް ކިޔާ ފިރިހެން ކުއްޖެކެވެ.

"ޑްރިޝަމް"ގެ ބަތަލު އަޖޭ ކޮށްފައިވާ ޓުވީޓެއްގައި ދަރިފުޅު ގޮވައިގެން ރެޑް ކާޕެޓްގައި ހިނގާލީ އަންހެންކުދިން ބާރުވެރި ކުރުވުމަށް ކަމަށް ބުނެފައިވެ އެވެ. ހަގީގީ ހިތްވަރު ލިބެނީ ދަރިފުޅުގެ ފަރާތުން ކަމަށް ވެސް އަޖޭ ބުނެފައިވެ އެވެ.