27 ފެބުރުއަރީ 2018 - 17:50

އުރީދޫ އިން "މެޖިކް ޕެކް"ގެ ނަމުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ދެ ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.
އެ ކުންފުނިން މިއަދު ތައާރަފް ކުރި ދެ ޕެކޭޖަކީ، "މެޖިކް އަންލިމިޓެޑް" އަދި "މެޖިކް ޑޭޓާ" އެވެ. މެޖިކް އަންލިމިޓެޑަކީ 30 ދުވަހުގެ މުއްދަތަށް، 102ރ. އަށް، އުރީދޫ ނެޓްވޯކު ތެރޭގައި އެއްވެސް އިތުރު ޗާޖަކާއި ނުލައި ގުޅޭ ޕެކޭޖެކެވެ. މި ޕެކޭޖު ނެގޭނީ، 102 ޖެހުމަށް ފަހު 1111 އަށް މެސެޖު ކުރުމުންނެވެ.
މެޖިކް ޑޭޓާ މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ދެ ޖީބީގެ ޑޭޓާ އަދި ޓްވިޓާ އަށް ވަނުމަށް އަންލިމިޓެޑް ޑޭޓާ ލިބުމުގެ އިތުރުން، 100 ޕަސެންޓް ބޯނަސް ޑޭޓާ ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި މި ޕެކޭޖް ނެގުމުން ލިބޭނެ ބޯނަސް ޑޭޓާގެ މިންވަރު، ޕެކޭޖް ނެގުމުގެ ކުރިން *200*202# އަށް ގުޅައިގެން ބެލޭނެ އެވެ.
އުރީދޫ އިން ބުނީ މި ޕެކޭޖުތަކުގެ ދަށުން ނަގާ ޑޭޓާގެ ލިމިޓަށް ވުރެ އިތުރަށް ބޭނުން ކުރާ ކޮންމެ އެމްބީއަކަށް 0.15 ލާރި ޗާޖު ކުރާނެ ކަމަށެވެ.