އުމުރުން ދުވަސްވުމުގެ ކުރިން މަރުވި ބަތަލާއިން
އުމުރުން ދުވަސްވުމުގެ ކުރިން މަރުވި ބަތަލާއިން

ބޮލީވުޑް ބަތަލާ ޝްރީދޭވީގެ ކުއްލި މަރުން މުޅި ފިލްމު އިންޑަސްޓްރީ ވަނީ ޝޮކެއްގަ އެވެ. ހޮނިހިރު ދުވަހު ޝްރީދޭވީ ކުއްލިއަކަށް މަރުވިއިރު އޭނާގެ އުމުރުން 54 އަހަރެވެ. ޝްރީދޭވީ ނޫނަސް ވަރަށް ގިނަ ފިލްމީ ތަރިން އުމުރުން އެހާ ދުވަސް ނުވަނީސް ވަނީ މަރުވެފަ އެވެ. މީގެ ކޮންމެ ބަތަލާއަކީ ވެސް އެމީހުން ފިލްމު ކުޅުނު ޒަމާނުގައި ވަރަށް ވިދާލި ކުޅަދާނަ އެކްޓަރުންތަކެކެވެ.

އުމުރުން ދުވަސްވުމުގެ ކުރިން މަރުވި ބަތަލާއިން
އުމުރުން ދުވަސްވުމުގެ ކުރިން މަރުވި ބަތަލާއިން

ބޮލީވުޑްގެ މެރިލީން މޮންރޯގެ ނަމުން ޕަރްވީންއާ މުޚާތަބު ކުރެވެ އެވެ. އެއީ އޭނާގެ އާދަޔާޚިލާފު ރީތިކަމާއި ހިތާމަވެރި ނިމުމުގެ ސަބަބުންނެވެ. އަމަރް އަކްބަރް އެންތަނީ، ދީވާރް އަދި ކްރާންތީ ފަދަ ފިލްމުތަކުގެ މަޝްހޫރުވެގެންދިޔަ ޕަރްވީން 2005 ގައި މަރުވިއިރު އޭނާގެ އުމުރުން އެންމެ 55 އަހަރެވެ. ޕަރްވީންގެ ހަޔާތުގައި ދިމާވި ވަރަށް ހިތްދަތި ހާދިސާތަކަކަށް ފަހު އޭނާގެ ސިކުނޑީގައި މައްސަލަތައް ޖެހި ހަޔާތުގެ ފަހު ދުވަސްތައް ހޭދަކުރީ ވަރަށް އެކަނިވެރި އަދި އެހާމެ ވޭނުގަ އެވެ.

އުމުރުން ދުވަސްވުމުގެ ކުރިން މަރުވި ބަތަލާއިން
އުމުރުން ދުވަސްވުމުގެ ކުރިން މަރުވި ބަތަލާއިން

ދިވްޔާ ބާރްތީ އަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި ވަރަށް ބާރަށް ކުރިއަރައިގެންދިޔަ ބަތަލާއެކެވެ. އުމުރުން އެންމެ 19 އަހަރުގައި އޭނާ މަރުވިއިރު އެ ދުވަސްވަރު މަސައްކަތްކުރަމުން ދިޔަ އެއްވެސް ބަތަލާއެއްގެ އަތުގައި ނެތްވަރުގެ މޮޅު އަދި ގިނަ ފިލްމުތައް އޭނާއަށް ކުޅެން ލިބިފައިވެ އެވެ. ދިވްޔާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ޝޯލާ އައުރް ޝަބްނަމް" އާއި "ބަލްވާން" ހިމެނެ އެވެ. ދިވްޔާ އަކީ މަޝްހޫރު ޕްރޮޑިއުސަރު ސާޖިދް ނަދިއަދްވާލާގެ ފުރަތަމަ އަނބިމީހާ އެވެ. އޭޕްރީލް 5، 1993 ގައި ދިވްޔާ މަރުވީ އޭނާގެ ގޭގެ ބެލްކަނިން ވެއްޓިގެންނެވެ. ނަމަވެސް އޭނާ ވެއްޓެން ދިމާވި ހަގީގީ ސަބަބު މިހާތަނަށް ވެސް ހޯދިފައެއް ނުވެ އެވެ.

އުމުރުން ދުވަސްވުމުގެ ކުރިން މަރުވި ބަތަލާއިން
އުމުރުން ދުވަސްވުމުގެ ކުރިން މަރުވި ބަތަލާއިން

އުމުރުން 31 އަހަރުގައި ސްމީތާ ޕާޓިލް މަރުވެފައިވަނީ 1986 ވަަނަ އަހަރު އެވެ. އޭނާ މަރުވީ ފުރަތަމަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ދިމާވި މައްސަލަތަކެއްގެ ސަބަބުންނެވެ. ސްމީތާ އަކީ އޭނާގެ ޒަމާނުގައި ފިލްމު ކުޅުނު ބަތަލާއިންގެ ތެރެއިން އެންމެ ހުނަރުވެރި ބަތަލާއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އޭނާގެ ކޮންމެ ފިލްމަކުން ވެސް އެކްޓްކުރުމުގައި އޭނާގެ ހުރި ކުޅަދާނަކަން ހާމަވެ އެވެ. ސްމީތާގެ ދަރިފުޅު ޕްރަތީކް ބައްބަރް އަކީ ވެސް މިހާރު ފިލްމު ކުޅޭ ބަތަލެކެވެ.

އުމުރުން ދުވަސްވުމުގެ ކުރިން މަރުވި ބަތަލާއިން
އުމުރުން ދުވަސްވުމުގެ ކުރިން މަރުވި ބަތަލާއިން

މަދޫބާލާ އަކީ 50 އަދި 60ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި ރަނިކަން ކުރި ބަތަލާ އެކެވެ. ބޮލީވުޑްގައި މިހާތަނަށް މަސައްކަތްކުރި އެންމެ ރީތި ބަތަލާ އަކީ މަދޫބާލާ ކަމަށް މިހާރުވެސް ގިނަ ބަޔަކު ބުނެ އެވެ. "މުޣްލޭ އާޒަމް" އާއި "ނީލް ކަމަލް" ފަދަ ފިލްމުތައް ކުޅެފައިވާ މަދޫބާލާ 1969 ގައި މަރުވިއިރު އޭނާއަށް 36 އަހަރެވެ. މަދޫބާލާ މަރުވީ ހިތުގައި ލޯ ވަޅެއް އިނުމުގެ ސަބަބުން ނުވަ ވަރަކަށް އަހަރު ވަރަށް ވޭނުގައި އުޅުމަށް ފަހުގަ އެވެ.

އުމުރުން ދުވަސްވުމުގެ ކުރިން މަރުވި ބަތަލާއިން
އުމުރުން ދުވަސްވުމުގެ ކުރިން މަރުވި ބަތަލާއިން

މީނާ ކުމާރީ އަކީ ހިތާމަވެރި ފިލްމުތައް ކުޅުމުގައި ވަރަށް މަޝްހޫރުކަން ހޯދި ބަތަލާ އެކެވެ. މޮޅު ބަތަލާއެއްގެ އިތުރުން މީނާ އަކީ ވަރަށް މޮޅު ޝާއިރެކެވެ. ލިޔުންތެރިއެކެވެ. "ޕާކީޒާ" ފަދަ ރީތި ފިލްމުތައް ކުޅެފައިވާ ފުރަމޭގެ ބައްޔެއްގައި މީނާ ކުމާރީ 1972 ގައި މަރުވިއިރު އޭނާގެ އުމުރަކީ 38 އަހަރެވެ.

އުމުރުން ދުވަސްވުމުގެ ކުރިން މަރުވި ބަތަލާއިން
އުމުރުން ދުވަސްވުމުގެ ކުރިން މަރުވި ބަތަލާއިން

އަމީތާބު ބައްޗަންގެ "ޝޫރިޔަވަންޝަމް"ގައި ބަތަލާގެ ރޯލު ކުޅެފައިވާ ސައުންދަރިޔާ އަކީ ތަމަޅަ ފިލްމު އިންޑަސްޓްރީގައި ވަރަށް ފާހަގަކޮށްލެވޭ ބަތަލާ އެކެވެ. ސައުންދަރިޔާ ދަތުރުކުރި މަތިންދާބޯޓެއް ވެއްޓުމުގެ ސަބަބުން 2004 ގައި އޭނާ މަރުވިއިރު އުމުރުން 31 އަހަރެވެ.