26 ފެބުރުއަރީ 2018 - 11:52

ގާޒާ (ފެބްރުއަރީ 26) - އިޒްރޭލުން ގާޒާ ސްޓްރިޕް ބަންދުކޮށްލައިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފަލަސްތީނުގެ 1،000 މީހުން މަރުވެފައިވާ ކަމަށް ޗެރިޓީ ޖަމިއްޔާތަކުން ބުނެފި އެވެ.
ޗެރިޓީ ޖަމިއްޔާތަކުގެ ކޯޑިނޭޓަރު އަހުމަދު އަލް ކުރްދު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ދުވަސް ނުފުރާ ވިހެއި ފަސް ކުއްޖަކަށް އެކަށީގެންވާ ފަރުވާ ނުދެވުމުން މަރުވެފައިވާ ކަމަށެވެ.
"ގާޒާގައި މަރުވި 1،000 މީހުންގެ ތެރޭން 450 މީހުން މަރުވެފައި ވަނީ ސިއްހީ ފަރުވާ ނުލިބިގެން،" އޭނާ ވިދާޅުވި އެވެ.
އިޒްރޭލުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފެނާއި ކަރަންޓުގެ ޚިދުމަތް ވަނީ މެދު ކަނޑާލައިފަ އެވެ. އަދި ޑޮކްޓަރުންނާއި ބޭހުގެ ދަތިކަން ކުރިމަތިވުމުން އޮޕަރޭޝަންތައް ކުރިއަށް ގެންދަން ވަނީ ދަތިވެފަ އެވެ.
ކުރްދު ވިދާޅުވީ ކަރަންޓް ނެތުމުން އުއްބައްތި އާއި ދަރު ބޭނުން ކުރުމުގެ ސަބަބުން ބައެއް ގޭގޭގައި އަލިފާން ރޯވެ އެ ކުޑަކުދިންނެއް މަރުވެފައިވާ ކަމަށެވެ.
ގާޒާގައި ފަލަސްތީނުގެ ދެ މިލިއަން މީހުން ދިރިއުޅެ އެވެ.