އެޗްއާރު އެސޯސިއޭޝަން އިފްތިތާހުކޮށް، އެކްސްކޯ މެންބަރުން ހޮވައިފި
އެޗްއާރު އެސޯސިއޭޝަން އިފްތިތާހުކޮށް، އެކްސްކޯ މެންބަރުން ހޮވައިފި

ރާއްޖޭގެ ފުރަތަމަ ޕްރޮފެޝަނަލް އެސޯސިއޭޝަން ކަމަށްވާ "މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސަސް ޕްރޮފެޝަނަލްސް" އިފްތިތާހުކޮށް، އެކްސްކޯ އަށް މެމްބަރުން ހޮވައިފި އެވެ.

އެޗްއާރު އެސޯސިއޭޝަން އިފްތިތާހުކޮށް، އެކްސްކޯ މެންބަރުން ހޮވައިފި
އެޗްއާރު އެސޯސިއޭޝަން އިފްތިތާހުކޮށް، އެކްސްކޯ މެންބަރުން ހޮވައިފި

ހޮނިހިރު ދުވަހުގެ ރޭ ސޯލްޓް ކެފޭގައި ބޭއްވި ބައްދަލުވުމުގައި އެޗްއާރު އެސޯސިއޭޝަންގެ ރައީސަކަށް ހޮވުނީ ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްގެ ރީޖަނަލް ޑައިރެކްޓާ އޮފް ޓްރެއިނިން، ޑިވެލޮޕްމަންޓް އެންޑް ކުއަލިޓީ އެޝުއަރެންސް ހުސައިން އަފީފެވެ.

އެޗްއާރު އެސޯސިއޭޝަން އިފްތިތާހުކޮށް، އެކްސްކޯ މެންބަރުން ހޮވައިފި
އެޗްއާރު އެސޯސިއޭޝަން އިފްތިތާހުކޮށް، އެކްސްކޯ މެންބަރުން ހޮވައިފި

ޖުމްލަ 34 މެމްބަރުން ބައިވެރިވި ޖަލްސާ އިން ނައިބު ރައީސް ކަމަށް ހޮވުނީ ބީއެމްއެލްގެ ހެޑް އޮފް އެޗްއާރު ބިޒްނަސް ޕާޓްނާ އަހުމަދު އިބްރާހިމް އަދި ސިވިލް ސާވިސް ކޮމިޝަނުގެ ހެޑް އޮފް އެޗްއާރު އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ފާތިމަތު މުހައްމަދެވެ.

- އެގްޒެކްޓިވް ސެކްރެޓަރީ: އަލީ އާދަމް (ހެޑް އޮފް އެޗްއާރު، ޔުނިވާސަލް ރިސޯޓްސް)

- ސެކްރެޓަރީ: ނިޒްނާ ނިޒާރު (އެޗްއާރު މެނޭޖާ، އޭޑީކޭ ކޮމްޕެނީ)

- ޓްރެޒަރާ: މުހައްމަދު ސިރާޖް (އެސިސްޓެންޓް އެޗްއާރު މެނޭޖާ، ޔުނިވާސަލް ރިސޯޓްސް)

- ކޮމެޓީ މެމްބަރުން: ހުސައިން ޝުއާޒް (ޓްރެއިނިން ލީޑް، ބީއެމްއެލް)، ހުސައިން ފަރުހާދު (ރިސޯސިން މެނޭޖާ، ބީއެމްއެލް)، އައިމިނަތު ޝާލީ (ކްލަސްޓާ އެޗްއާރު ޑައިރެކްޓާ، އެސް ހޮޓެލްސް އެންޑް ރިސޯޓްސް)، މުހައްމަދު އާތިފް (ޑައިރެކްޓާ އޮފް އެޗްއާރު، ކަނޑިންމަ މޯލްޑިވްސް) އަދި މުހައްމަދު ޝާހިދު (ޑައިރެކްޓާ އޮފް ޓެލެންޓް އެންޑް ކަލްޗާ ސިއްރު ފެންފުށި)

މި އެސޯސިއޭޝަންގެ މަގުސަދަކީ، ހިއުމަން ރިސޯސަސްގެ މުހިންމުކަން އަންގައިދީ، މި ދާއިރާ އިން އިތުރަށް މީހުން ތަމްރީނުކުރުމެވެ. އަދި އެޗްއާރު ޓްރެއިނިންތަކާއި، އެންމެ ފަހުގެ ގޮތްތައް ރާއްޖެ އަށް ތައާރަފް ކުރުމެވެ.

އެޗްއާރު އެސޯސިއޭޝަން އިފްތިތާހުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އެވެ. ޑރ. ޝަމީމް ވިދާޅުވީ ޕްރޮފެޝަނަލް ދާއިރާތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެޗްއާރު އެސޯސިއޭޝަނާއި އެކު އެ ދާއިރާ އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށް ދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.