ވައިޓްހައުސްގެ ބެރިކޭޑުގައި ކާރުން ޖެއްސި މީހާ ބުނަނީ އޭނާ އަކީ ޓްރަމްޕުގެ ލޯބިވެރިއެއް ކަމަށް
ވައިޓްހައުސްގެ ބެރިކޭޑުގައި ކާރުން ޖެއްސި މީހާ ބުނަނީ އޭނާ އަކީ ޓްރަމްޕުގެ ލޯބިވެރިއެއް ކަމަށް

ވޮޝިންޓަން (ފެބްރުއަރީ 25) - ވައިޓް ހައުސްގެ ބެރިކޭޑުގައި ކާރުން ޖެއްސި އަންހެން މީހާ ކޯޓަށް ގެންދިއުމުން އޭނާ އަކީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ލޯބިވެރިއެއް ކަމަށް ބުނެ އަޑުގަދަކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ވައިޓްހައުސްގެ ބެރިކޭޑުގައި ކާރުން ޖެއްސި މީހާ ބުނަނީ އޭނާ އަކީ ޓްރަމްޕުގެ ލޯބިވެރިއެއް ކަމަށް
ވައިޓްހައުސްގެ ބެރިކޭޑުގައި ކާރުން ޖެއްސި މީހާ ބުނަނީ އޭނާ އަކީ ޓްރަމްޕުގެ ލޯބިވެރިއެއް ކަމަށް

ޓެނެއްސީ އަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ޖެސިކާ ފޯޑުގެ ހުދު ކުލައިގެ ވެހިކަލް ވައިޓް ހައުސްގެ ބެރިކޭޓުގައި ހުކުރު ދުވަހު މެންދުރު ފަހު ޖެއްސުމާ އެކު ސީކްރެޓް ސާވިސްގެ އޮފިސަރުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އޮފިސަރުން ބުނެފައި ވަނީ ބެރިކޭޑުގައި ކާރުން ޖެއްސިިއިރު ފޯޑު އިނީ ޑްރައިވާ ސައިޑުން ބަޑިއެއް ވެސް ދިއްކޮށްގެން ކަމަށެވެ. ސީކްރެޓް ސާވިސްގެ އޮފިސަރަކު ވަނީ ކާރުގެ ފަހަތުން ގޮސް ބަޑި އަތުލައިފަ އެވެ. އަދި އޭނާ ކާރުން ފައިބަން ދެކޮޅު ހެދުމުން ވަނީ ކާރުގެ ކުޑަ ދޮރުން ދަމާނެރެ ހައްޔަރުކޮށްފަ އެވެ. އޮފިސަރުން ފަހުން ޗެކްކުރި އިރު ފޯޑް ގެންގުޅެފައި ވަނީ ވަޒަން ނެތް ބީބީ ބަޑިއެކެވެ.

ފޯޑުގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ. އޭގެ ތެރޭގައި މަނާ ސަރަހައްދަކަށް ވަދެ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގަދަބާރު ދެއްކުމާއި ފެޑެރަލް އޮފިސަރުންނަށް ގަދަ ދެއްކުމާއި ތަކެއްޗަށް ގެއްލުން ދިނުން ހިމެނެ އެވެ.

ކޯޓުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ފޯޑް މީގެ ކުރިން ވެސް ވަނީ ވައިޓް ހައުސްގެ ސެކިއުރިޓީއާ ކުރިމަތިލައިފަ އެވެ. އަދި މިދިޔަ އަހަރު ތިން ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށްފައި ކަމަށް ވެސް ރެކޯޑްތަކުން ދައްކަ އެވެ. ސައިކޭޓްރިކް ކައުންސިލިން އޭނާ ހޯދާ ކަމަށް ވެސް ލިޔުންތަކުން ދައްކަ އެވެ.