27 ފެބުރުއަރީ 2018 - 07:07

ނިދާ ގަޑީގައި ބޮކިތައް ނިއްވާލައި ގޭތެރެ އަނދިރިކުރުމަކީ ވަރަށް ގިނަ ބައެއްގެ އާދައެކެވެ. މިއީ ނުރަނގަޅު އާދައެއް ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. ކޮންމެވެސް ވަރެއްގެ އަލިކަމެއް ގޭތެރޭގައި ހުންނަންވާނެ ކަމަށްވެއެވެ. ޒިންގް ސްމާޓް ނައިޓްލައިޓަކީ މިކަމުގެ ހައްލެވެ.
ޒިންގްއަކީ ސީދާ ޕްލަގް ޕޮއިންޓަށް ޖަހާ ބޮތްކެކެވެ. ވަށްބުރަށް ހުންނަ މި ބޮކިން ބޭނުން ކުލައަކުން އަލިކުރެވެއެވެ. ކުލަތައް އިޚުތިޔާރުކުރަނީ ޒިންގްގެ ސްމާޓްފޯނު އެޕަށް ވަދެގެންނެވެ. ޒިންގް ބޮކި ދިއްލުމުން، ހިނގާ މަގު ހުންނާނީ ދިއްލިފައެވެ. ގޭތެރޭގެ އެކި ތަންތާނގައި މީގެ ބޮކިތައް ހަރުކޮށްލުމުން ރޭގަނޑު އަނދިރީގައި ފާޚާނާއަށް ދާކަށް ނުޖެހޭނެއެވެ. މުޅި ގޭތެރެ އޮންނާނީ އެ މީހަކު އިޚުތިޔާރުކުރި ކުލައިގެ ފަނޑު އައްޔަކުން އަލިވެފައެވެ.
ޒިންގަކީ ހަމައެކަނި ރޭގަނޑު ދިއްލާ ބޮތްކެއް ނޫނެވެ. ގޭތެރޭން ކިރިޔާ ވެސް ހިލަމެއްވެއްޖެ ނަމަ ފޯނަށް އެކަމުގެ އިންޒާރު އަންނާނެއެވެ. އަދި ގޭގައި ގެންގުޅޭ އެހެން ސްމާޓް ސާމާނު ވެސް މިއާ ގުޅުވައިދެއެވެ.