ވިއްސާރާގައި ރަސްމީ ފާލަމުގެ ސަތަރިއެއް އެއްލާލައިފި
ވިއްސާރާގައި ރަސްމީ ފާލަމުގެ ސަތަރިއެއް އެއްލާލައިފި

ގަދަ ވަޔާ އެކު މާލެ އަށް ކުރަމުންދާ ވިއްސާރާގައި އިއްޒުއްދީން ފާލަމުގެ ސަތަރިތަކަށް ގެއްލުންވެއްޖެ އެވެ.

ވިއްސާރާގައި ރަސްމީ ފާލަމުގެ ސަތަރިއެއް އެއްލާލައިފި
ވިއްސާރާގައި ރަސްމީ ފާލަމުގެ ސަތަރިއެއް އެއްލާލައިފި

އިއްޔެ ކުރި ވިއްސާރާގައި އިއްޒުއްދީން ފާލަމުގައި ދޯންޏެއްގެ ރިޔަލެއްގެ ބައްޓަމަށް ސަތަރިން ހަދާފައިވާ ތިން ބައިގެެ ތެރެއިން އެއް ބައިގެ ސަތަރި ވަނީ ވަރަށް ބޮޑަށް ނެއްޓިފަ އެވެ.

އެ ތަން ބަލަހައްޓަމުންދާ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ ސަތަރި ނެއްޓުނީ ވައި ގަދަވުމުގެ ސަބަބުން ވާފަށެެއް ކަނޑައިގެން ދިއުމުން ކަމަށާއި އެކަން މިހާރު ހައްލުކުރަމުންދާ ކަމަށެވެ. އެ ތަނަކީ އެމްއެންޑީއެފްގެ ޑިޒައިނަކަށް ހަދާފައިވާ ތަނަކަށްވާތީ އެ މަސައްކަތް ކުރަނީ އެމްއެންޑީއެފްގެ ލަފާގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޭ އަދި މިއަދު ވެސް އަޅުގަނޑުމެން އެމްއެންޑީއެފްއާ ބައްދަލުކުރިން އެކަމުގައި. މިހާރު މަރާމާތު ކުރުމުގެ މަސައްކަތް އެބަ ދޭ ކުރި އަށް. މަސައްކަތް ފެށުން ކުޑަކޮށް ލަސްވީ ވެސް ބާރަށް ވައި ޖެހޭތީ،" ޒިޔަތު ވިދާޅުވި އެވެ.

މިހާރު ހުރި ގޮތަށް އިއްޒުއްދީން ފާލަން ހެދީ ރާއްޖޭގެ މިނިވަންކަމަށް މިދިޔަ އަހަރު 50 އަހަރު ފުރުމާ ގުޅިގެން މާލޭގެ އެކި ތަންތަން ޒީނަތްތެރި ކުރިއިރު އެވެ.