01 މާޗް 2018 - 06:25

ފުރޮޅުލީ ފައިވާނަކީ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. އެކަމަކު އޭގެ ފައިވާނުގެ މައްސަލައަކީ ފުރޮޅު ނައްޓާނުލެވޭ ކަމެވެ. ފުރޮޅު ޖޯޑު ވަކިން އަޅުވާލެވޭ ގޮތަށް އުފެއްދި ރޭޒަ ޓާބޯ ޖެޓްސް އަކީ ފަހަރުގައި މާ ކަމުދާ ފައިވާނަކަށް ވެދާނެއެވެ.
މީ ހަގީގީ ފައިވާނެއް ނުވަތަ ބޫޓެއް ނޫނެވެ. މިއީ ބޫޓުގެ ދަށްބައެވެ. ނުވަތަ ބޫޓުގައި ވަކިން ހަރުކޮށްލެވޭ ފުލެކެވެ. ރޭޒަ ޓާބޯ ޖެޓްސް ފަރުމާކޮށްފައިވަނީ ދެ ފައިގެ ވެސް ފުންނާބުގައި ފުރޮޅުލީ ފޫ އަޅުވާލެވޭ ގޮތަށެވެ. އިންޖީނުލީ މި ފުރޮޅު ޖޯޑުގެ ދެ ކިބައިގައި ފުރޮޅު ހުއްޓަސް މޯޓަރުގެ ބާރު ނުވަތަ ބެޓެރިން ކުރިއަށްދާ ބާރު ހުންނަނީ ހަމައެކަނި އެއް ކިބައިގައެވެ. މޯޓަރުލީ ކިބައަށް އަރާފައިވާ ފައި ކުރިއަށް، އަނެއް ފައި ފަހަތަށް ބަހައްޓައިގެން ކުރިއަށް ދާންވީއެވެ. ފުރޮޅު ހުންނާނީ ކުޑަކޮށް ހިއްލިފައެވެ. ދުއްވާލަންވީމާ، ފުރޮޅު ޖެހޭ ވަރަށް ފައި އަރިކޮށްލާނީއެވެ.
މި ފުރޮޅު ޖޯޑު މަތީގައި ދެފައި ދެ ވަރަށް ބަހައްޓައިގެން ގަޑިއަކު 10 މޭލު ކަޑައްތުކުރެވޭނެއެވެ. އެކަމަކު 12 ވޯލްޓުގެ ބެޓެރީގައި ދުއްވޭނީ ބައި ގަޑިއިރެވެ. އުފާވެރި ޚަބަރަކީ މީގެ ބެޓެރީ ވަރަށް ފަސޭހައިން ބަދަލުކޮށްލެވޭ ކަމެވެ. އެހެންވީމާ މީގެ ދެތިން ބެޓެރީ އަތްމަތީގައި ގެންގުޅެވިދާނެއެވެ.
ރޭޒަ ޓާބޯ ޖެޓްސް އުފައްދާފައިވަނީ ކުދިބޮޑު އެންމެނަށް ވެސް ދުއްވޭ ގޮތަށެވެ. އެކަމަކު ގަޑިއަކު 10 މޭލު ބާރުމިނުގައި ދަތުރުކުރުމުގެ ގާބިލުކަން މިއަށް ލިބިފައިވާތީ، ނުވަ އަހަރުން ދަށުގެ ކުދިން މީގެ ފުރޮޅު ޖޯޑު މަތީ ދުއްވުމަކީ ރައްކާތެރިކަމަކަށް ނުވެދާނެއެވެ. ދުއްވޭ ވަރުގެ ބޮޑެތި ކުދިން ވެސް ސަލާމަތީ ގޮތުން ތައްޔާރުވެ ހެދުން އަޅަން ސަމާލުވާންވާނެއެވެ.