އިވަން މެކްގްރެގާ އަށް މި ޖެހުނީ ކޮން ފަދަ ހާލެއް!
އިވަން މެކްގްރެގާ އަށް މި ޖެހުނީ ކޮން ފަދަ ހާލެއް!

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިވަން މެކްގްރެގާ މިހާރު ހުންނާނީ ހަމަ ޔަގީނުން ވެސް ސިކުނޑި ގޮވާވަރުވެފަ އެވެ. އޭނާގެ މި ހާލަތު އެންމެ ރީތިކޮށް މިހާރު ސިފަކުރެވޭނީ މިހެންނެވެ؛ ސްޓާ ވޯސް އާއި މޫލިން ރޫޖް ފަދަ ފިލްމްތަކުގެ ބަތަލަށް ޖެހުނު ހާލަކީ ކަތިވަޅި ގެއްލި، މަރިޔަބު ގެއްލި ކޮށި ދަނޑި ވެސް ގެއްލުނީ އެވެ.

އިވަން މެކްގްރެގާ އަށް މި ޖެހުނީ ކޮން ފަދަ ހާލެއް!
އިވަން މެކްގްރެގާ އަށް މި ޖެހުނީ ކޮން ފަދަ ހާލެއް!

ބައެއް މީހުންގެ އޭނާގެ މި ހާލަތަށް ފަހަރުގައި ހަމްދަރުދީ ވެސް ފާޅުކޮށްފާނެ އެވެ. އެކަމަކު ދަރިން ވެސް ލިބިފައި ވަނިކޮށް ދުވަސްވީ ކައިވެންޏެއް ރޫޅައިލާ އިރު، މި ފިލާވަޅުން އިބުރަތެއް ވެސް ހާސިލުކޮށްލުން ރަނގަޅެވެ.

އިވަން މެކްގްރެގާ އަށް މި ޖެހުނީ ކޮން ފަދަ ހާލެއް!
އިވަން މެކްގްރެގާ އަށް މި ޖެހުނީ ކޮން ފަދަ ހާލެއް!

ހަތަރު ދަރިން ވެސް ލިބިފައި ވަނިކޮށް، 22 އަހަރު ވަނީ ކައިވެނި ރޫޅާލަން އިވާން، 46، ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭނާ އަންހެނުން އީވް މެވަރިކްސް، 51، ގެ ކައިރިން ވަރިވާން ނިންމީ ޒުވާން ލޯބިވެރިޔާ އަދި ބަތަލާ މޭރީ އެލިޒަބަތު ވިންސްޓެޑް، 32، އާ ކައިވެނި ކުރެވޭނެ ކަމުގެ ފޮނި އުންމީދުގަ އެވެ. މި ދެ މީހުން ހިތާވެގެން އުޅޭކަން އާންމުކޮށް ފަޅާއެރީ މީގެ ހަތް މަހެއްހާ ދުވަސް ކުރިންނެވެ. އިވަން އާއި މޭރީ ވަނީ "ފާގޯ" ގައި އެކުގައި މަސައްކަތްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެ މީހުންގެ ލޯބީގެ ގުޅިގަނޑު ފެށުނީ އެ ސިލްސިލާގެ މަސައްކަތުގެ ތެރެއިންނެވެ.

އިވާން އާއި މޭރީގެ ލޯބި ވަރަށް ބޮޑަށް ބަދަހިވެ، އިވަން ކައިވެނި ރޫޅާލާ ހިސާބަށް ދިޔަ އިރު، އޭނާއަކީ މީހެއްގެ ފިރިއެއްކަމާއި ހަތަރު ކުދިންގެ ބައްޕައެއްކަން އެލިޒަބަތަށް ވެސް އެނގޭނެ އެވެ.

އެކަމަކު މައްސަލަ ކޯޓަށް ވެއްދި ފަހުން ހަގީގަތުގައި އިވާން އަށް، މޭރީ ދިނީ ބޮޑު ލަނޑެކޭ ވެސް މިހާރު ބުނެވިދާނެ އެވެ. އޭނާ ވަނީ ކުއްލި ގޮތަކަށް އެ ގުޅުން ނިމުމަކަށް ގެނެސްފަ އެވެ. ބަހަނާއަކަށްވީ "އާއިލާއެއް ރޫޅާލި އަންހެނެއްގެ ލަގަބު"ން ސަލާމަތްވުމެވެ.

ޑެއިލީ މެއިލުން ބުނާ ގޮތުން މޭރީ، އިވާންއާ އެކު އޮތް ލޯބީގެ ގުޅުން ނިމުމަކަށް ގެންނަން ނިންމި މައިގަނޑު ސަބަބަކީ އެ ޓެގްގައި ލޭބަލް ނުވުމެވެ. އެކަމަކު މިހާރު ކަންތައް މިވީ ކިހިނެއް ހެއްޔެވެ؟ ކުރިން ވެސް ކައިވެންޏެއްކޮށްފައިވާ ބަތަލާއާ ދިމާއަށް މިހާރު މީހުން އިނގިލި ދިއް ނުކުރާނެ ހެއްޔެވެ؟ އަދި ޑެތު ޕްރޫފް (2006) އާއި އަބަރަހަމް ލިންކަން: ވެމްޕަޔާ ހަންޓާ (2012) ފަދަ ފިލްމްތައް ކުޅެފައިވާ މޭރީގެ މި ނިންމުން ބައެއް މީހުންނަށް ޖޯކަކަށް ވެސް ވެދާނެ އެވެ.

ކޮންމެއަސް މޭރީގެ ނިންމުމާ އެކު، އިވާން މިހާރު ހުންނާނީ ހަނދާނެ ގޮތް ހުސްވެފަ އެވެ. އަންހެނުން ކައިރިިން ވަރިވާން އޭނާ ދެއްކި ބަހަނާއަކީ "ދެ މީހުންގެ މެދުގައި ހިޔާލު ތަފާވުންތައް މާ ބޮޑީ" އެވެ. އަނެއްކޮޅުން މި ފަހަކަށް އައިސް އިވާންގެ ފަރާތުން ފެނިފައި ހުރި ބައެއް ކަންތައްތަކާ ދޭތެރޭ އީވް އާއި ދަރިން ވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. ހާއްސަކޮށް ދެވަނަ އަންހެން ދަރިފުޅު އެސްތާ، 16، އެވެ.

އެހެންވެ ސުވާލަކީ އިވާން އެނބުރި އަނެއްކާ އާއިލާގެ ގާތަށް ދާނެތޯ އެވެ؟ އާއިލާ އިން އޭނާ އަށް މައާފު ކުރާނެ ބާވަ އެވެ؟