އީވާ ލޮންގޯރިއާ އަނެއްކާ ވެސް ކައިވެނިކޮށްފި
އީވާ ލޮންގޯރިއާ އަނެއްކާ ވެސް ކައިވެނިކޮށްފި

މަޝްހޫރު ޓީވީ ސިލްސިލާ "ޑެސްޕެރޭޓް ހައުސްވައިވްސް" ގެ ބަތަލާ އީވާ ލޮންގޯރިއާ އަނެއްކާ ވެސް ކައިވެނިކޮށްފި އެވެ.

އީވާ ލޮންގޯރިއާ އަނެއްކާ ވެސް ކައިވެނިކޮށްފި
އީވާ ލޮންގޯރިއާ އަނެއްކާ ވެސް ކައިވެނިކޮށްފި

ހޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން އޭނާ ކައިވެނި ކުރީ މިދިޔަ އާދީއްތަ ދުވަހު މެކްސިކޯގައި އޮތް ހަފުލާއެއްގަ އެވެ. މިއީ އީވާގެ ތިން ވަނަ ކައިވެންޏެވެ. އޭނާ މި ފަހަރު ކައިވެނި ކުރީ ޖޯސް އެންޓޯނިއޯ ބެސްޓަންއާ އެވެ. އެ ދެ މީހުން އެންގޭޖްވީ މިދިޔަ އަހަރު ދުބާއީގަ އެވެ.

އީވާ ލޮންގޯރިއާ އަނެއްކާ ވެސް ކައިވެނިކޮށްފި
އީވާ ލޮންގޯރިއާ އަނެއްކާ ވެސް ކައިވެނިކޮށްފި

ޖޯސްއާ ބެހޭ ގޮތުން އަބަދު ވެސް ވާ ބުނެފައި ވަނީ "އޭނާއަކީ މިހާތަނަށް އަހަރެން ދުށް އެންމެ ރީތި ފިރިހެނާ" ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީވާ، 41، އާއި ޖޯސް، 47، ގެ ކައިވެނީގެ ހަފުލާ ބޭއްވީ މެކްސިކޯގެ ވެލޭ ޑި ބްރާވޯގަ އެވެ. އެ ހަފުލާގައި ބައިވެރިވެފައި ވަނީ ގާތްގަނޑަކަށް 80 ވަރަކަށް ގާތް މީހުންނެވެ.

އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އާއި އަންހެނުން ވިކްޓޯރިއާ ބެކަމް، ލަވަ ކިއުންތެރިޔާ ރިކީ މާޓިން، އެކްޓަރު މާރިއޯ ލޮޕެޒް އަދި ބަތަލާ މެލަނީ ގްރިފިތު ހިމެނެ އެވެ.

ކުރީގެ ދެ ކައިވެނީގެ ތަޖުރިބާ އަށް ފަހު އީވާ ތިން ވަނަ ކައިވެންޏަކަށް ދިޔަ އިރު، މިހާރުގެ ފިރިމީހާއާ އޭނާ ޑޭޓް ކުރަން ފެށީ 2013 ވަނަ އަހަރު އެވެ. ޖޯސްއަކީ މެކްސިކޯގެ ޓީވީ އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހެކެވެ.

އޭނާ ވެސް ކުރިން ކައިވެންޏެއްކޮށް، ދެ އަންހެން ދަރިން ލިބިފައިވެ އެވެ.

"ޖޯން ވިކް" އާއި "އޯވަ ހާ ޑެޑް ބޮޑީ" ފަދަ ބައެއް ފިލްމުތައް ވެސް ކުޅެފައިވާ އީވާ އެންމެ ފުރަތަމަ ކައިވެނި ކުރީ 2002 ގައި އެކްޓަރު ޓައިލާ ކްރިސްޓޯފާއާ އެވެ. އެ ކައިވެނި ރޫޅުނީ 2004 ގަ އެވެ.

އޭގެ ފަހުން އޭނާ ކައިވެނި ކުރީ ފްރާންސްގެ މަޝްހޫރު ބާސްކެޓް ބޯޅަ ކުޅުންތެެރިޔާ ޓޯނީ ޕާކާ އާ އެވެ. ދެ ހާސް ހަތެއްގައި ކުރި ކައިވެނި 2011 ގައި ރޫޅުނީ އެވެ.