23 ފެބުރުއަރީ 2018 - 20:05

ތެހެރާން (ފެބްރުއަރީ 23) - އީރާނުގެ އަސެމަން އެއާލައިންސް އިން ބޭނުން ކުރާ އޭޓީއާރު މަރުކާގެ ހުރިހާ ބޯޓެއް އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަނުން ގްރައުންޑް ކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ވަނީ އެސެމަން އެއާލައިންސްގެ އޭޓީއާރު -72 ގެ ބޯޓެއް ވެއްޓި 66 މީހުން މަރުވެފަ އެވެ. އެ ބޯޓު ރާޑަރުން ގެއްލިފައި ވަނީ ޑޮމެސްޓިކް ފްލައިޓެއްގައި ވެރިރަށް ތެހެރާނުން ފުރިތާ 45 މިނިޓް ފަހުންނެވެ. އެއީ 1993 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުންދާ ބޯޓެއް ކަމަށްވެ އެވެ. ޔޫރަޕުގެ ގައުމުތަކުން މަނާކޮށްފައިވާ އަސެމަން އެއާލައިނުގައި އޭޓީއާރު މަރުކާގެ ފަސް ބޯޓު އޮވެ އެވެ.
ވެއްޓުނު ބޯޓުގެ ކަޅުފޮށި އަދި ހޯދިފައެއް ނުވެ އެވެ. ބޯޓު ވެއްޓުނު ހިސާބަށް ހެލިކޮޕްޓަރުތައް ދަތުރު ކުރަން ދަތިވެފައި ވަނީ މޫސުން ގޯސްވުމުންނެވެ.