ލަންކާގެ ޕަސެންޖާ ބަހެއްގައި ބޮމެއް ގޮއްވާލި މައްސަލަ ތަހުގީގު ކުރަނީ
ލަންކާގެ ޕަސެންޖާ ބަހެއްގައި ބޮމެއް ގޮއްވާލި މައްސަލަ ތަހުގީގު ކުރަނީ

ކޮލަމްބޯ (ފެބްރުއަރީ 23) - ސްރީ ލަންކާގެ މެދުތެރޭގައި އޮންނަ ޓޫރިސްޓުން މިހާރު ގިނަ އަދަދަކަށް ދަތުރުކުރާ ދިޔަތަލަވާގެ ކަހަގޮއްލާގެ ޕަސެންޖާ ބަހެއްގައި ބޮމެއް ގޮއްވާ 19 މީހުން ޒަޚަމްވި ހާދިސާ ތަހުގީގު ކުރަން ހަ މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ބަހުގައި ބޮން ގޮއްވާލުމުން ސިފައިންގެ 12 މީހުން ވެސް ވަނީ ޒަޚަމްވެފަ އެވެ. މީގެ ތެރޭން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ޚަބަރުތައް ބުނެ އެވެ. ސިފައިންގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް މަހޭޝް ސެނަނަޔަކަ ކަނޑައެޅި ތަހުގީގު ޓީމުން ބަހުގައި ބޮން ގޮއްވާލި ހާދިސާއާ ގުޅުން ހުރި ހުރިހާ ކަމެއް ބަލާނެ ކަމަށް ސިފައިންގެ މީޑިއާ ޔުނިޓުން ބުންޏެވެ. ލަންކާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ބަހުގައި ގޮއްވާލި ބޮން އޮތީ ސިފައިންގެ މީހެއްގެ ދަބަހުގަ އެވެ.

ތަހުގީގު ޓީމުގެ ރިޕޯޓް ސިފައިންގެ ކޮމާންޑަރަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށްވެ އެވެ.

ސްރީ ލަންކާ ސަރުކާރުން ބުނެފައި ވަނީ ބަހުގައި ދީފައި ވަނީ ޓެރަރިސްޓް ހަމަލާއެއް ނޫން ކަމަށެވެ. ލަންކާގައި ދިގުލައިގެން ދިޔަ މަދަނީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނު ފަހުން ސިފައިންނަށް އަމާޒުކޮށް ހަމަލާ ދީފައެއް ނުވެ އެވެ.