އަވާނީ ޗަތުރަވެދީ: އިންޑިއާގެ ހަނގުރާމަ މަތީ ފުރަތަމަ އަންހެން ޕައިލެޓް
އަވާނީ ޗަތުރަވެދީ: އިންޑިއާގެ ހަނގުރާމަ މަތީ ފުރަތަމަ އަންހެން ޕައިލެޓް

ނިއު ދިއްލީ (ފެބްރުއަރީ 22) - ހަނގުރާމަ މަތީ ފައިޓާ ޖެޓެއް އެކަނި ދުއްވި އިންޑިއާގެ ފުރަތަމަ އަންހެން ޕައިލެޓުގެ ޝަރަފް އަވާނީ ޗަތުރަވެދީ ހޯދައިފި އެވެ.

އަވާނީ، 24، ވަނީ މިގް-21 ގެ ބޯޓެއް 30 މިނިޓް ވަންދެން މި ހަފުތާގައި ދުއްވާފައި ކަމަށް އިންޑިއާގެ ވައިގެ ސިފައިން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ވައިގެ ސިފައިންގެ ތަރުޖަމާން އަނޫޕަމް ބަންޖާރީ ވިދާޅުވީ އެއީ އިންޑިއާގެ އަސްކަރީ ހަޔާތުގައި ބޮޑު ދުވަހެއް ކަމަށެވެ.

އަވާނީ އަކީ އިންޑިއާގެ ވައިގެ ސިފައިންގެ ތެރެއަށް ވައްދާ ތިން އަންހެން ޕައިލެޓުންގެ ތެރޭން އެކަކެވެ. އަވާނީ ގްރެޖުއޭޓްވީ ޖޫން 2016 ގަ އެވެ. އަވާނީއާ އެކު ގްރޭޖްވި އަންހެން އަނެއް ދެ ޕައިލެޓުން ކަމަށްވާ ބަވާނާ ކާންތު އާއި މޮހާނާ ސިންގް ވެސް ވަރަށް އަވަހަށް ހަނގުރާމަ މަތީ ބޯޓު ޓްރޭނިންގައި ދުއްވާނެ ކަމަށް ވައިގެ ސިފައިން ވަނީ ބުނެފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ކުރިން އިންޑިއާ ސިފައިންގެ ތެރޭގައި އަންހެނުންގެ ނިސްބަތަކީ 2.5 ޕަސެންޓެވެ. އަދި އަންހެނުން ހަރަކާތްތެރި ވަނީ ވެސް ކޮމްބެޓް ނޫން ދާއިރާތަކުގަ އެވެ.

އަވަށްޓެރި ޕާކިސްތާނުގެ ވައިގެ ސިފައިންގެ ތެރޭގައި އަންހެން 20 ޕައިލެޓުން އުޅެ އެވެ. ޕާކިސްތާނުގެ ވައިގެ ސިފައިންގެ ކޮމްބެޓް ރޯލްތަކަށް އަންހެނުން ނެރެން ފަށާފައި ވަނީ 2006 ވަނަ އަހަރު އެވެ.