ބާޣީ 2 ޓްރެއިލާ: ޓައިގާ ޝްރޮފް ވަރަށް ކުޅަދާނަ
ބާޣީ 2 ޓްރެއިލާ: ޓައިގާ ޝްރޮފް ވަރަށް ކުޅަދާނަ

ޓައިގާ ޝްރޮފާއި ލޯބިވެރިޔާ ދިޝާ ޕަޓަނީގެ "ބާޣީ 2"ގެ ފުރަތަމަ ޓްރެއިލާ މިދިޔަ ބުދަ ދުވަހު ވަނީ ލޯންޗުކޮށްފަ އެވެ. ސޯޝަލް މީޑިއާގައި މި ޓްރެއިލާ ދައުރުވާން ފެށުމުން ވަރަށް ގިނަ ބަޔަކަށް އެ ކަމުގޮސްގެން ތައުރީފު ކޮށްފައިވެ އެވެ.

މި ފްރެންޗައިސްގެ ފުރަތަމަ ފިލްމު ޑައިރެކްޓްކުރީ ސައްބީރް ޚާން ނަމަވެސް ދެ ވަނަ ބައި ޑައިރެކްޓްކޮށްފައި ވަނީ ކޯރިއޮގްރާފާ/ޑައިރެކްޓާ އަހުމަދު ޚާނެވެ. އަންނަ މާޗް 30 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޕްރޮޑިއުސަރަކީ ސާޖިދު ނަދިއަދްވާލާ އެވެ.

ޑައިރެކްޓަރު ބުނީ މިއީ ދިޝާ އާއި ޓައިގާ އެކުގައި ކުޅޭ ފުރަތަމަ ފިލްމު ކަމަށާއި މި ދެ ތަރިން އެކުގައި ފިލްމުގައި ބައިވެރިކުރުމުގެ ޚިޔާލަކީ ޕްރޮޑިއުސަރު ސާޖިދު ދިން ޚިޔާލެއް ކަމަށެވެ.

ސާޖިދު ބުނީ"ބާޣީ 2" ރިލީޒްވުމުގެ ކުރިން އޭނާ "ބާޣީ 3" އުފައްދާކަން އިއުލާން ކޮށްފައިވާ ކަމަށާއި އެއީ "ބާޣީ 2" ބެލުމަަށް ފަހު ފިލްމު ބެލުންތެރިންނަށް ވެސް ކަމުދާނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުން ކަމަށެވެ.

ފުރަތަމަ ފިލްމެކޭ އެއްގޮތަށް "ބާޣީ 2" އަކީ ވެސް ވަރަށް ފުރިހަމަ އެކްޝަން މަންޒަރުތައް ފެންނާނެ ފިލްމެކެވެ. މިފިލްމު ކުޅުމަށް ޓައިގާ ވަނީ ވަރަށް ފުރިހަމައަށް އޭނާގެ ހަށިގަނޑު ވެސް ތައްޔާރުކޮށްފަ އެވެ.