ތުރުކީ ސަރުކާރު ވައްޓާލައިފި ކަމަށް ސިފައިން އިއުލާން ކޮށްފި
ތުރުކީ ސަރުކާރު ވައްޓާލައިފި ކަމަށް ސިފައިން އިއުލާން ކޮށްފި

އަންކަރާ (ޖުލައި 16) - ގައުމުގެ ކޮންޓްރޯލް ހޯދައިފި ކަމަށް ތުރުކީ ސިފައިންގެ ތެރޭން ފައުޖަކުން މިރޭ އިއުލާންކޮށްފި އެވެ.

ތުރުކީ ސަރުކާރު ވައްޓާލައިފި ކަމަށް ސިފައިން އިއުލާން ކޮށްފި
ތުރުކީ ސަރުކާރު ވައްޓާލައިފި ކަމަށް ސިފައިން އިއުލާން ކޮށްފި

ޓީވީ މެދުވެރިކޮށް ސިފައިން ދިން ބަޔާނެއްގައި ބުނީ ގައުމު މިހާރު ހިންގަމުން ދަނީ "ޕީސް ކައުންސިލަކުން" ކަމަށެވެ. އަދި ގައުމުގައި ކާފިއު ހިންގާ ގާނޫނު އަސާސީ ސަސްޕެންޑްކޮށް ސިފައިންގެ އާ ގާނޫނެއް ތަންފީޒު ކުރަން ފަށާފައިވާ ކަމަށް ވެސް ސިފައިން ވަނީ އިއުލާން ކޮށްފަ އެވެ. ތުރުކީ އަށް ބަޣާވާތް ގެނައީ ސިފައިންގެ ތެރޭން ކޮން ބައެއް ކަމާއި މި ކަމުގައި އިސްކޮށް އުޅެނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.

ތުރުކީ ސަރުކާރު ވައްޓާލައިފި ކަމަށް ސިފައިން އިއުލާން ކޮށްފި
ތުރުކީ ސަރުކާރު ވައްޓާލައިފި ކަމަށް ސިފައިން އިއުލާން ކޮށްފި

ބައެއް ރިޕޯޓްތައް ބުނި ގޮތުގައި ސިފައިން މިހާރު ވަނީ ގައުމީ ޓީވީ އަށް ވަދެ އެ ތަނުގެ ކޮންޓްރޯލް ވެސް ހޯދައިފަ އެވެ. އަސްކަރީ ހެޑްކުއާޓަރުގައި ސިފައިންގެ ގިނަ ޖެނެރަލުންތަކެއް ރަހީނުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ތުރުކީ ސަރުކާރު ވައްޓާލައިފި ކަމަށް ސިފައިން އިއުލާން ކޮށްފި
ތުރުކީ ސަރުކާރު ވައްޓާލައިފި ކަމަށް ސިފައިން އިއުލާން ކޮށްފި

ސީއެންއެން އިން ބުނީ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ހުންނެވީ ސަލާމަތުން ހެޔޮ ހާލުގައި ކަމަށެވެ. މޯބައިލް ފޯނެއް މެދުވެރިކޮށް ސީއެންއެންއާ ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ މަދު ބަޔަކު ހިންގި މި އަމަލުން އަރައިގަންނާނެ ކަމަށެވެ. އަދި ބަޣާވާތާ ދެކޮޅު ހެދުމަށް ރައްޔިތުން މަގުތަކަށް ނުކުތުމަށް އުރުދުޣާން ވަނީ އެދިވަޑައިގެންފަ އެވެ.

ތުރުކީ ސަރުކާރު ވައްޓާލައިފި ކަމަށް ސިފައިން އިއުލާން ކޮށްފި
ތުރުކީ ސަރުކާރު ވައްޓާލައިފި ކަމަށް ސިފައިން އިއުލާން ކޮށްފި

"އާއްމު މައިދާންތަކާއި އެއާޕޯޓްތަކަށް ވެސް މީހުން ޖަމާވުމަށް އަޅުގަނޑު ގޮވާލަން. ރައްޔިތުންގެ ބާރަށް ވުރެ މަތީ ބާރެއް ގައުމެއްގައި އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ އޭނާ މިހާރު ވެރިރަށް އަންކަރާ އަށް ވަޑައިގަންނަވަނީ ކަމަށާއި ބަޣާވާތް ކުރި މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށެވެ.

އަސްކަރީ ބަޣާވާތެއްގައި ވެރިކަން ވައްޓާލިކަން ސިފައިން އިއުލާންކުރި އިރު ބޮޑު ވަޒީރު ބިނާލީ ޔިލްދިރިމް ކުރިން ވިދާޅުވީ ސިފައިން ހިންގަމުން ދަނީ ހުއްދަ ދީފައިވާ ހަރަކާތެއް ނޫން ކަމަށެވެ. އަދި އެއީ އަސްކަރީ ބަޣާވާތެއް ކަމަށް ބޮޑު ވަޒީރު އެއްބަސްވެވަޑައެއް ނުގަންނަވަ އެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވީ ބާރުތަކާ އެކު ސަރުކާރު ދެމި އެބައޮތް ކަމަށެވެ.

ސިފައިން ނުކުމެ މިރޭ އެންމެ ފުރަތަމަ ވަނީ އިސްތަންބޫލްގެ ބޮސްފޮރަސް އާއި ފާތިހު ސުލްތާން މެހްމާތު ބްރިޖް ބަންދުކޮށްފަ އެވެ. ވެރިރަށް އަންކަރާގައި ބަޑީގެ ހަމަލާތައް ބަދަލުކުރި ކަމުގެ އަޑު އިވިފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. އަދި އިސްތަންބޫލްގެ ޕޮލިސް ހެޑްކުއާޓަރުގެ ބޭރުގައި ވެސް ބަޑީގެ ހަމަލާތަކެއް ބަދަލުކުރި ކަމަށް ޚަބަރުތައް ބުނެ އެވެ. އިސްތަންބޫލް އެއާޕޯޓް ބޭރުގައި ޓޭންކްތައް ޕާކްކޮށްފައިވާ ކަމަށްވެ އެވެ. ތުރުކީ އަށް ހުރިހާ ފްލައިޓްތަކެއް ވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

ތުރުކީ ސަރުކާރުގެ ބައެއް ފަރާތްތަކުން ރޮއިޓާސް އަށް މިރޭ ބުނީ ސިފައިންގެ ތެރޭން ބައެއް މީހުން ޓީވީގައި ބަޔާނެއް އިއުލާން ކުރީ އަސްކަރީ ކޮމާންޑުން ހުއްދަ ލިބިގެން ނޫން ކަމަށެވެ.

އެންޓީވީ އަށް ފޯނުން ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ޔިލްދިރިމް ވިދާޅުވީ "މިކަން މި ގޮތަށް ވާން ދޫކޮށްނުލާނެ" ކަމަށެވެ.

"މި ޣައިރު ގާނޫނީ ހަރަކާތުގައި ބައިވެރިވި އެންމެންނަށް ހަރުކަށި އަދަބު ލިބޭނެ. އަދި މި ހާލަތުގައި އެއީ އަސްކަރީ ބަޣާބާތެއްގެ ގޮތުގައި ސިފަ ކުރުން ރަނގަޅެއް ނުވާނެ،" ބޮޑު ވަޒީރު ވިދާޅުވި އެވެ.

ޔިލްދިރިމް ވިދާޅުވީ ސިފައިންގެ ތެރޭން ނުކުތް ގްރޫޕް ދަނީ ޗެއިން އޮފް ކޮމާންޑާ ވެސް ޚިލާފުވަމުން ކަމަށެވެ. އަދި ޑިމޮކްރެސީ އަށް ގެއްލުން ހުރި އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.