ކުދިން އިންޓަނެޓް ބޭނުންކުރާ ގޮތް ބަލާ ޑިވައިސްއެއް
ކުދިން އިންޓަނެޓް ބޭނުންކުރާ ގޮތް ބަލާ ޑިވައިސްއެއް

މިޒަމާނުގެ ކުޑަކުދިންނަށް ކުޅިވަރަކަށް ވަނީ ވައިފައި ޒޯނެއްގައި އިންޓަނެޓުން ކުޅޭ ކުޅިވަރުތަކެވެ. ތަފާތު އެކި އެކި ގޭމް ކުޅުމާއި ގޮތް ނޭނގޭ ސައިޓްތަކަށް ވަނުމާއި ސައިބަ ބުލީން އަކީ މިޒަމާނުގެ ބެލެނިވެރިންނަށް ހުރި ހިތްހަމަނުޖެހުންތަކެވެ. މިކަންކަމުން މިންޖުވެވޭނެ ގޮތެއް ނެތެވެ. އޮތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެވެ.

ވިމާނާ އަކީ އިންޓަނެޓުގައި ކުދިން އުޅޭނޫޅޭ ގޮތް ބެލެނިވެރިންނަށް އަންގައިދޭ ވަސީލަތެކެވެ. ވިމާނާ އެކުލެވިގެންވަނީ ގޭގައި ރައުޓަރަށް ގުޅާފައި ހުންނަ ޑިވައިސްއަކާއި މޯބައިލް އެޕެއްގެ މައްޗަށެވެ. ވިމާނާ ޖައްސާލުމަށް ފަހު ބެލެނިވެރިޔާގެ ފޯނަށާއި ކުދިންގެ ފޯނަށް ވިމާނާގެ އެޕް އަޅާނީއެވެ. އެ ހިސާބުން ބެލެނިވެރިންގެ ބާރުގެ ދަށަށް ކުއްޖާގެ އިންޓަނެޓްގެ ދިރިއުޅުން އެ ދިޔައީއެވެ.

ކުދިންނަށް ވަދެވޭނީ ބެލެނިވެރިންގެ ހުއްދަ އޮތް ކަމަށް އެޕަށް އަންގާފައިވާ ސައިޓްތަކަށް އެކަންޏެވެ. ކުދިންނަށް އިންޓަނެޓުގައި އުޅެވޭނީ ބެލެނިވެރިޔާ އެޕަށް އަންގާފައިވާ ވަގުތު ހަމަވަންދެނެވެ. ކުދިންގެ ޝައުގުވެރިކަން ހުންނަ ކަންކަން ބެލެނިވެރިޔާއަށް ދެނެގަނެވޭނެއެވެ. އިންޓަނެޓުގައި ކުދިން ކުރާ ހުރިހާ ކަމެއް ވަގުތުން ވަގުތަށް ދުނިޔޭގެ ކޮންމެ ތާކު ހުއްޓަސް ބެލެނިވެރިޔާއަށް ބެލޭނެއެވެ.

ވިމާނާ ސްމާޓް ޕޭރެންޓިން ޑިވައިސް ވިއްކަން ހުރީ 69 ޑޮލަރަށެވެ.